އެކްސިޑެންޓްވި މަތިންދާބޯޓު ފެން ކޯރަށް ވެއްޓިފައި
ދުނިޔެ
31 Jan 2025 | 08:20
ވޮޝިންގޓަންގައި، ހެލިކޮޕްޓަރަކާއި މަތިންދާބޯޓެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 67 މީހުން މަރުވެއްޖެ

އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި އިއްޔެ ރޭ ހިނގި ވައިގެ އެކްސިޑެންޓެއްގައި 67 މީހުން މަރުވެއްޖެއެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.

އެމެރިކަން އެއަރލައިންސްގެ ބޮމްބާޑިއަރ ސީއާރްޖޭ 700 މަތިންދާބޯޓަކާއި އެމެރިކާ އާމީގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ޖެހި، މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓުނެވެ. މި ހާދިސާ ހިނގީ މަތިންދާބޯޓު ރޯނަލްޑް ރޭގަން ވޮޝިންގްޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އުޅެނިކޮށެވެ.

މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި 4 ކުރޫ މެމްބަރުން ތިބި ކަމަށް ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާއިރު މަރުވި މީހުންގެ ތެރޭގައި ރަޝިއާ، ފިލިޕީންސް އަދި ޖަރުމަނުވިލާތުގެ ރައްޔިތުން ހިމެނެއެވެ. އަދި ކެންސަސް ސްޓޭޓުން ގިނަ ބަޔަކާއި ޒުވާން ސްކޭޓަރުންތަކެއްވެސް މަރުވެފައިވެއެވެ.

މަތިންދާ ބޯޓާއި ހެލިކޮޕްޓަރގައި ތިބި މީހުންނާއި ބެހޭ މައުލޫމާތުތައް އަދި އާއްމު ކޮށްފައި ނުވި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ފެޑެރަލް ސަރުކާރުގެ ޑައިވަރސިޓީ ޕްރޮގްރާމްތައް ހިމެނިދާނެ ކަމަށެވެ. ނަމަވެސް މިއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔައިފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެިރިވި އަސްލު ސަބަބު ނޭނގޭއިރު، އެ ހޯދުމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރ ހޯދާފައެވެ.

ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ބުނީ، ދެ އުޅަނދުވެސް އާންމުކޮށް ދަތުރުކުރާ މަގުތަކުގައި ދުއްވަމުން ދިޔައިރު މުވާސަލާތީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ހެލިކޮޕްޓަރަށް މަތިންދާބޯޓު އަންނަކަން އަންގައި، މަގު ބަދަލުކުރުމަށް އެންގި ކަމަށް ރޭޑިއޯ މުވާސަލާތްތަކުން ދައްކާ ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.