ދީން
31 Jan 2025 | 12:56
ޤަޟާ ޤަދަރަށް އީމާންވުމާއި ގުޅޭގޮތުން عُبَادَةُ بنُ الصَّامِت ދަރިކަލުންނަށް ދެއްވި ނަސޭހަތް

ޤަޟާ ޤަދަރަށް އީމާންވުމުގައި ޞަޙާބީ عُبَادَةُ بنُ الصَّامِتِ رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތުން ފިލާވަޅު ލިބުގަތުމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ. 

ޤަޟާ ޤަދަރަށް އީމާންވުމާއި ގުޅޭ ގޮތުން މިއަދު އިއްވުނު ޚުތުބާގައި ވަނީ، އީމާންކަމުގެ ޙަޤީޤީ ރަހަ ލިބުމަށްޓަކައި، الله މިންވަރުކުރައްވާފައިވާ ކަންކަމަށް އީމާންވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވައި عُبَادَةُ بنُ الصَّامِتِ رَضِيَ اللهُ عَنْهُ، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭަހަތުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. "އޭ ލޯބިވާ ދަރިފުޅާއެވެ! "ހަމަކަށަވަރުން ތިބާއަށް الله މިންވަރު ކުރައްވައިފައިވާ ކަމެއް ތިބާއަށް ނުޖެހި ނުދާނޭ ކަމަށާއި، އަދި ތިބާއަށް އެކަލާނގެ މިންވަރު ކުރައްވައިފައި ނުވާ ކަމެއް ތިބާއަށް ނުޖެހޭނެކަން ދެނެގެންފުމަށް ދާންދެން އީމާންކަމުގެ ޙަޤީޤީ ރަހަ ތިބާއަކަށް ނުލިބޭނެތެވެ."

މިއާއެކު، އެކަލޭގެފާނުގެ ނަސޭހަތުގައި އެކަލޭގެފާނު، ރަސޫލާ ޞޢވ ގެ ހަދީޘް ބަސްފުޅަކަށް އަލިއަޅުވާލައްވާފައިވާކަން ފާހަގަކޮށް އެ ޙަދީޘްގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ. 

اللهގެ ރަސޫލާ ޞޢވ މިފަދައިން ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ހަމަކަށަވަރުން الله تَعَالَى އެންމެފުރަތަމަ ހެއްދެވީ ޤަލަމެވެ. ފަހެ ޤަލަމަށް އެކަލާނގެ އެންގެވިއެވެ. "ލިޔާށެވެ!" އެހިނދު ޤަލަން ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! "ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟" އެކަލާނގެ އެންގެވިއެވެ. "ޤިޔާމަތާ ޖެހެންދެން ހިނގާނޭ ހުރިހައި ކަމެއް ލިޔާށެވެ!"

އޭ ލޯބިވާ ދަރިފުޅާއެވެ! އަދިވެސް الله ގެ ރަސޫލާ ޞޢވ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "މި ނޫން ގޮތެއްގެ މަތީގައި މަރުވާ މީހާއީ ތިމަންކަލޭގެފާނު އުޅުއްވި ގޮތުގެ ތެރެއިންވާ މީހެއްނޫނެވެ."

މިއާއެކު ޚުތުބާގައި ބުނީ، عُبَادَةُ بْنُ الصَّامِتِ رَضِيَ اللهُ عَنْهُ އެ ކަލޭގެފާނުގެ ދަރިކަލުންނަށް މި ދަސްކޮށްދެއްވީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ޤަޟާ ޤަދަރަށް އީމާންވުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށެވެ. އަދި ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނޭ ވާހަކަ ކަމަށެވެ.

ޚުތުބާގައި ބުނީ، ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުން ކަމަށާ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އީމާންވި ކަމުގައެއް ނުވާނެ ކަމަށެވެ. 

އީމާންކަމަކީ ކޮބައިތޯ، ސަލާމްލެއްވި ޖިބްރީލުގެފާނު، ކީރިތި ރަސޫލާ ޞޢވގެ އަރިހުގައި، ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ. (أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) މާނައީ: "އެއީ، الله އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ."

މީގެ އިތުރުން ޚުތުބާގައި ވަނީ ޤަޟާ ޤަދަރަށް އީމާންވުމުގައި ހިމެނޭ މައިގަނޑު 4 ކަމެއް ބަޔާންކޮށްފައެވެ. އެއީ؛

1. الله ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުން

2. اَللَّوْحُ الْمَحْفُوْظُ ގައި الله ހުރިހާ ކަމެއް ލިޔުއްވާފައިވާކަމަށް އީމާންވުން

3. ހުރިހާ ކަމެއް ހިނގަނީ اللهގެ އިރާދަފުޅުންކަމަށް އީމާންވުން

4. ހުރިހާ އެއްޗެއް ހެއްދެވީ الله ކަމަށް އީމާންވުން

މީގެ އިތުރުން، ޤަޟާ ޤަދަރަށް އީމާންވުމުގެ ސަބަބުން މުއުމިނުންނަށް ލިބޭ ހިތްހަމަޖެހުމާއި، މުޞީބާތްތަކުގައި ކެތްތެރިވުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި الله އަޅުތަކުންނަށް އަނިޔާވެރިނުވާކަމާއި، އެކަލާނގެ ހުރިހާ ކަމެއް ލައްވާފައިވަނީ އަޅުތަކުންގެ މަޞްލަޙަތަށްކަން ބަޔާންކުރެވުނެވެ.

ޚުޠުބާ ނިންމާލެވުނީ، ޤަޟާ ޤަދަރަށް އީމާންވުމާއި ކެތްތެރިކަމަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރުކަމަށް ބަޔާންކުރައްވައި، އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ދަރުމައިގެ ވާހަކަ ހަނދާންކޮށްދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ