ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025.... ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު
03 Feb 2025 | 14:59
ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި

29 ޖެނުއަރީ 2025 އިން 1 ފެބުރުއަރީ 2025 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިމުބާރާތުގައި 11 އެކަޑަމީއެއްގެ އިތުރުން ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއެކު ޖުމްލަ 332 ކުޅުންތެރިއަކު ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަތް ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

އެގޮތުން މިމުބާރާތުގައި 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް، 19 އަހަރުންދަށް، ސީނިއަރ އޯޕަން ކެޓަގެރީގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް އާއި ޕެރަލިމްޕިކްގެ އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިންވެންޓް ހިމަނާފައިވެއެވެ.

މުބާރާތުގެ 11 އަހަރުންދަށުގެ ފިރިހެން ސިންގަލްސް އެއްވަނަ އިޒް އަލް ދީން ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ މީފާ ބިންތް މޫސާ އެވެެ. 13 އަހަރުންދަށުގެ ފިރިހެން ސިންގަލްސް އެއްވަނަ މައީޝް މުހައްމަދު ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ ލައިބާ އަހުމަދު މަހުލޫފް އެވެެ. 15 އަހަރުންދަށުގެ ފިރިހެން ސިންގަލްސް އެއްވަނަ އަވްފު ބިން ފަޒްލޫން ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ ޔަލްވީ ހުސެއިން ޒުހުރީ އެވެެ. 17 އަހަރުންދަށުގެ ފިރިހެން ސިންގަލްސް އެއްވަނަ އަހުމަދު ފަލާހް ފަރޫޒަން ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ ކިޔާން އާދިލް މުހައްމަދު އެވެެ. 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް އެއްވަނަ އާދަމް މަހީން މުހައްމަދު ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ އައިޝަތު ޒޯޔާ ހުސެއިން އެވެެ. 

މީގެ އިތުރުން މުބާރާތުގެ ސްޕެޝަލް އޮލިމްޕިކްސް ފިރިހެން ސިންގަލްސް އެއްވަނަ މޫސާ ޖާއިޝް ސަނާالله ޝަކީބު ހޯދިއިރު، އަންހެން ސިންގަލްސް އެއްވަނަ ހޯދީ އައިޝަތު ފައުޒާ އިބްރާހިމް އެވެ. އަދި ޕެރަލިމްޕިކް ފިރިހެން ސިންގަލްސް އެއްވަނަ އަބްދުއްލަތީފް މުހައްމަދު ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ އަހުމަދު ފަޔާޒް އެވެ.

15 އަހަރުންދަށުގެ ފިރިހެން ޑަބަލްސް އެއްވަނަ އަޔާން އަހުމަދު ނަދީމް / އިޔާން އަހުމަދު މަމްދޫހުގެ ޕެއަރ ހޯދިއިރު، އަންހެން ޑަބަލްސް އެއްވަނަ ހޯދީ ޔަލްވީ ހުސެއިން ޒުހުރީ / ލައިބާ އަހުމަދު މަހުލޫފްގެ ޕެއަރ އެވެެ. 17 އަހަރުންދަށުގެ ފިރިހެން ޑަބަލްސް އެއްވަނަ ޔޫސުފް ޒީކް ޒުހާން / މުހައްމަދު އިލާން ބިން ރިޟުވާންގެ ޕެއަރ ހޯދިއިރު، އަންހެން ޑަބަލްސް އެއްވަނަ ހޯދީ އާމިބަތު ފަރަހާ ފަރޫޒަން / ކިޔާން އާދިލް މުހައްމަދުގެ ޕެއަރ އެވެެ. 19 އަހަރުންދަށުގެ ފިރިހެން ޑަބަލްސް އެއްވަނަ އާދަމް މަހީން މުހައްމަދު / މުހައްމަދު އަހުސަން އަހުމަދުގެ ޕެއަރ ހޯދިއިރު، އަންހެން ޑަބަލްސް އެއްވަނަ ހޯދީ އައިޝަތު ޔަސްނާ އަތޫފް / އައިޝަތު ޒޯޔާ ހުސެއިންގެ ޕެއަރ އެވެެ. 

މުބާރާތުގެ އޯޕަން ބައިގެ އަންހެން ޑަބަލްސް އެއްވަނަ އައިމިނަތު ނަބީހާ / ފާތިމަތު ނަބާހާގެ ޕެއަރ ހޯދީ ފައިނަލުގައި ބުސައިނާ އަހުމަދު ރިޒާ އާއި މަދީހާ އަބްދުލް ގާދިރު ބަލިކުރުމަށްފަހު އެވެ. ފިރިހެން ޑަބަލްސް އެއްވަނަ ނަޝީއު ޝަަރަފުއްދީން / ރިއާޒް މުހައްމަދުގެ ޕެއަރ ހޯދީ ފައިނަލުގައި ދަންކަރު އަޖޭ އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއަރ ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަ އެކަޑަމީއަކަށް ހޮވުނީ އޭދަފުށި އެކަޑަމީ އެވެ. އޭދަފުށިން ވަނީ މިމުބާރާތުގައި ތިން ރަން މެޑަލް، ހަ ރިހި އަދި 14 ލޯ މެޑަލާއި އެކު ޖުމްލަ 23 މެޑަލް ހޯދާފައެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.