މާސެލޯ ރެއާލް މެޑްރިޑާއެކު ހޯދި ޓްރޮފީތަކާއެކު..
ކުޅިވަރު
06 Feb 2025 | 18:53
ރެއާލް މެޑްރިޑްގެ ލެޖެންޑް މާސެލޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް، ބްރެޒިލްގެ ޑިފެންޑަރު މާސެލޯ އުމުރުން 36 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. 

2007 ވަނަ އަހަރު އުމުރުން 18 އަހަރުގައި ބްރެޒިލްގެ ފްލެމިނެންސް ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނު މާސެލޯ ވަނީ އެނާގެ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް ކުޅުނު 58 މެޗާއެކު ކުލަބަށާއި ގައުމީ ޓީމަށް ޖުމްލަ 656 މެޗު ކުޅެދީފައެވެ 

މާސެލޯގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައި ވަނީ ރެއާލް މެޑްރިޑިގައެވެ. އެގޮތުން އެކުލަބުގައި ހޭދަކުރި 15 އަހަރު ތެރޭގައި މާސެލޯ ވަނީ އެކުލަބާއެކު 25 ތަށި ކާާމިޔާބުކޮށްފައެވެ.

އެގޮތުން ރެއާލް މެޑްރިޑަށް ކުޅުނު 386 މެޗުގައި 26 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އޭނާ ވަނީ އެކުލަބާއެކު  ލަލީގާގެ ޗެންޕިއަންކަން ހަ ފަހަރު، ޔުއެފާ ޗެންޕިއަންސް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑްކަޕް ހަތަރު ފަހަރު، ޔުއެފާ ސްޕަރ ކަޕް ތިން ފަހަރު، ސްޕެނިޝް ސްޕަރ ކަޕް ފަސް ފަހަރު އަދި ކޮޕާ ޑެލްރޭ ދެފަހަރަށް ކާމިޔާބުކޮށްފައެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ "މާސެލޯ އަކީ ރެއާލް މެޑްރިޑާއި ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅު އެއް ލެފްޓް ބެކް ކަމަށެވެ".

"އޭނާ އަކީ އަހަރެމެންގެ އެންމެ މޮޅު އެއް ލެޖެންޑެވެ. އަދި ރެއާލް މެޑްރިޑަކީ އަބަދުވެސް އޭނާގެ ގެ ކަމަށާއި އޭނާއަށް މިކުލަބާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ".

2021-22 ވަނަ އަހަރުގެ ސީޒަން ނިމުމުން މެޑްރިޑް ދޫކޮށް ގްރީސްގެ އޮލިމްޕިއާކޯސްއާ ގުޅުނު ނަމަވެސް މާސެލޯ ވަނީ އެކުލަބާއި ގުޅުނުތާ ފަސް މަސް ފަހުން އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އަދި 2023 ވަނަ އަހަރު އަލުން އޭނާގެ ކުޑައިރުގެ ކްލަބް ފްލެމިނެންސް އާއި ގުޅުމަށްފަހު ފާއިތުވެދިޔަ ދެ ސީޒަނުގައި އޭނާ ވަނީ އެޓީމަށް 68 މެޗު ކުޅެދީފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.