އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ދުނިޔެ
08 Feb 2025 | 10:33
ސަޢުދީގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް ނަތަންޔާހޫ ހުށަހަޅައިފި

ސަޢުދީ އަރަބިއްޔާގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް އިޒްރޭރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅައިފިއެވެ. 

ނަތަންޔާހޫ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ބައްދަލުކުރުމަށްފަހު އިޒްރޭލުގެ ޗެނެލް 13 އަށް ދިން އިންޓަވިއުއެއްގައެވެ. 

ދަ މިޑްލް އީސްޓް އައި އިން ރިޕޯޓްކުރި ގޮތުގައި ނަތަންޔާހޫ މިފަދައިން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޣައްޒާ އެމެރިކާގެ ބަޔަކަށް ހެދުމަަށް ރާވާފައިވަނިކޮށެވެ. އެމެރިކާގެ އިސްތިއުމާރުގެ ދަށަށް ޣައްޒާ ގެނެސް، އެތަނުގައި "ރިވިއެރާ އޮފް ދަ މިޑްލް އީސްޓް" ހަދަން ޓްރަމްޕް ހުށަހަޅާފައި ވެއެވެ. 

ގައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުން ފެށިގެން ހަނގުރާމަ ކުރަން އަމުރުކޮށްފައިވާ ނަތަންޔާހޫއާއި ހިލާފަށް ސައުދީ ސަރުކާރުން ވަނީ ފަލަސްޠީނުގައި ވަކި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ތާއީދުކޮށްފައެވެ. 

ހަނގުރާމައިގައި ޣައްޒާގެ އިންފްރާސްޓްރަކްޗާ މުޅިންހެން ސުންނާފަތިވެފައިވާއިރު ނަތަންޔާހޫ ބުނިގޮތުގައި ސަޢުދީއަކީ ބިމުގެ ޖާގަ ބޮޑު ޤަައުމެއް ކަމުން އެގައުމުގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރެވިދާނެއެވެ. 

ނަތަންޔާހޫގެ މި ހުށަހެޅުމަށް ސަޢުދީއެކޭ އެއްފަދައިން އިނގިރޭސި ވިލާތުގެ ލޭބާ ޕާޓީގެ ގިނަ މެންބަރުންވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީ އިންވެސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. 

ކޮމެންޓް
އަދުރޭ
އެމެރިކާގައިވެސް އިޒުރޭލުދައުލަތެއް ގާއިމު ކުރަން ހުށައެޅުއްވިނަމަ ރަނގަޅުވާނެނޫންތޯ
08 Feb 2025
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.