ރަހީނު ކުރެވުނު ފަލަސްތީނުގެ މުސްލިމުން ބަންދުން މިނިވަން ކުރުން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
09 Feb 2025 | 12:13
އިސްރާއީލް ސިފައިން ރަހީނުކުރި އަންހެނެއްގެ ވާހަކަ: ”ތަހަންމަލް ކުރަންޖެހުނީ އަނިޔާވެރިކަމުގެ އިންތިހާ“

ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުންގެ ތެރެއިން 183 މީހުން އިއްޔެ ވަނީ މިނިވަން ކޮށްފައެވެ. 

އެމީހުންނަށް އިސްރާޢީލްގެ ޔަހޫދީން ވަނީ ލާއިންސާނީ އެތައް އަނިޔާއެއް ދީފައެވެ. ފަލަސްޠީނުގެ އިދާރާތަކުން ބުނީ، އޭގެ ތެރެއިން ހަތް މީހެއްގެ ޞިއްޙީ ހާލަތު ދަށްވެ، ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓު ކުރަން ޖެހިފައިވާ ކަމުގައެވެ.

އިސްރާއީލްގެ ޖަލުގައި އަނިޔާ ލިބުނު ފަލަސްތީނު އަންހެނެއް ކަމުގައިވާ ހަދީލް ޝަތާރާ ބުނި ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު ރައްޔިތުންނާމެދު ކަންކޮށްފައިވަނީ ”އަނިޔާވެރިކަމާއި ލާއިންސާނީ ކަމުގެ އިންތިހާ ދަރަޖަ“ އަށް ކަމަށެވެ. 

"އެމީހުން ޖަލުތައް ބަދަލުކޮށްލާފައިވަނީ ބޮޑެތި އަނިޔާވެރި އަދި ލާއިންސާނީ ތަންތަނަށް،" ހައިފާގެ ޖަލެއްގައި 7 މަސްދުވަހު ހޭދަކުރި ޝަތާރާ އަލްޖަޒީރާއަށް ބުންޏެވެ.

"އަޅުގަނޑާމެދު ކަން ކުރީ ވަރަށް ލާ އިންސާނީ ކޮށް. އަހަރެންގެ އިތުރުން ދެންވެސް ރަހީނުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ އެހެން ހުރިހާ މުސްލިމުންނާމެދުވެސް ކަން ކުރީ އެފަދައިން. އަންހެން ގައިދީންގެ ގޮތުގައި ތިބި މީހުންގެ ބޮލުގެ އިސްތަށިގަނޑުގައި ގަދަކަމުން ހިފައި ބިންމަތީގައި ދެމި."

އޭނާ އިތުރަށް ބުނި ގޮތުގައި އޭނާއާއި ފަލަސްތީނުގެ ގައިދީންނަށް ކުރިމަތިވި އަނިޔާވެރިކަމުގެ ސަބަބުން އެމީހުންގެ ކުރިމަގާމެދު ޔަޤީންކަމެއް ނެތި ތިބެންޖެހުނެވެ. އެމީހުންގެ އާއިލާތަކާ އަލުން ބައްދަލުވާނެ ކަމުގެ އުއްމީދުވެސް ކެނޑިގެން ދިޔައެވެ. 

ޝަތާރާ ބުނާ ގޮތުގައި އޭނާގެ އުންމީދަކީ ގަތުލުއާއްމު މެދުކަނޑާލާފައި އޮންނަ މުއްދަތު ދެމިގެންދިއުމާއި ޣައްޒާ އަލުން އާރާސްތުކުރުމެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޣައްޒާގެ މީހުން އަމާންކަމާއެކު ދިރިއުޅުމަށާއި މުޅި ދުނިޔެ ޣައްޒާއަށް އެހީތެރިވެދިނުމަށް."

އިއްޔެ މިނިވަންކުރެވުނު ފިރިހެނުންގެ ތެރެއިން ހަތް މީހަކު ހޮސްޕިޓަލަށް ގެންދެވުނުއިރު، އެމީހުންނަކީ ހަށިގަނޑު ހިކިފައިވާ އަދި ފެންނަ ގޮތުން ޞިއްޙީ ގޮތުން ޙާލު ދެރަ ބައެކެވެ. އެމީހުންގެ ތެރޭގައި ހަމާސްގެ ފާހަގަކޮށްލެވޭ ސިޔާސީ ޝަޚްޞިއްޔަތެއް ކަމުގައިވާ 61 އަހަރުގެ ޖަމާލް އައް-ޠަވީލް ހިމެނެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ދޫކޮށްލުމުގެ ކުޑަ އިރުކޮޅެއް ކުރިންވެސް އޭނާ ގައިގައި ތަޅައި އަނިޔާ ކުރިއެވެ. 

މި ފިރިހެނުންނަކީ މަސްތަކެއް ވަންދެން މުޅިން އެކަހެރިކޮށް ބައިތިއްބައި އަނިޔާތަކެއް ތަޙައްމަލުކޮށްފައިވާ ބައެކެވެ.

އެމީހުންނަށް އާއިލާގެ ބޭރުގެ އެއްވެސް ޚަބަރެއް ނުކިބޭ ތަނުގައި ގައިން ތާހިރުވުމުގެ ފުރުޞަތު ވެސް ލިބިފައެއް ނުވެއެވެ. އެތައް ބަޔަކަށް ހަމުގެ ބަލިތައްޖެހި އެކަމުގެ ތަކުލީފު އުފުލަމުންދެއެވެ. މީގެ ތެރޭގައި ފަނިފަކުސާގެ ސަބަބުން ޖެހޭ ހަމުގެ ބަލިތައް ވެސް ހިމެނެއެވެ.

އެމީހުން ދޫކޮށްލުމުގެ ކުރިން، އިސްރާއީލުގެ ޖަލު އޮތޯރިޓީތަކުން އެމީހުންނަށް އިންޒާރުދީ ”ދުޝްމަނުންގެ ފަހަތުން ދުވެ އެމީހުން ހިފާނެ." ކަމަށް ބުންޏެވެ. 

އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 58 ފަލަސްޠީނު މީހުން އިސްރާއީލުގެ ޖަލުތަކާއި ބަންދު ކޭމްޕުތަކުގައި ޝަހީދު ކޮށްލާފައުވެއެވެ.

އަދި އެމީހުން ލަފާކުރާ ގޮތުގައި ޣައްޒާއިން ”ގެއްލުވާލެވުނު“ އެތައް ބަޔަކުވެސް ވަނީ ޝަހީދުކޮށްލާފައެވެ. ގާތްގަނޑަކަށް 10،000 ފަލަސްޠީނު މީހުން އަދިވެސް އިސްރާއީލުގެ ބަންދުގައި އެބަ ތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.