ްްްއިޒްރޭލުން ސުންނާފަތިކޮށްފައިވާ ގައްޒާގެ ބިމެއް
09 Feb 2025 | 15:41
ސައުދީގައި ފަލަސްތީނުގެ ދައުލަތް ގާއިމްކުރުމަށް ނަތަންޔާހޫ ގޮވާލެއްވުމުން, ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ސަޢުދީގައި ފަލަސްޠީނު ދައުލަތް ގާއިމުކުރުމަށް ހިތްވަރުދީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން ނަތަންޔާހޫގެ ވާހަކަ ކުށްވެރިކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ، ސަޢުދީއަކީ ބިމުގެ ޖާގަ ބޮޑު ޤަައުމެއް ކަމުން އެގައުމުގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރެވިދާނެއެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ، ސައުދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލާ، އިޒްރޭލުގެ ބޮޑުވަޒީރު ދެއްކީ ޒިންމާދާރުކަން ކުޑަވާހަކަތަކެއްކަމަށް ބަޔާންކޮށްފައެވެ. އަދި އެވާހަކަތައް ދައްކަވާފައިވަނީ ހަމަނުޖެހުން އުފެދޭ ރޫހުގައިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ނަތަންޔާހޫ ދެއްކި  ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ގަވާއިދުތަކާއި ކަނޑައެޅިގެން ފުށުއަރާ ވާހަކަތަކެއް ކަމަށާއި، ރާއްޖެއިން އަބަދުވެސް ބަލައިގަންނާނީ އިރުމަތީ ގުދުސް ފަލަސްޠީނުގެ ވެރިރަށުުގެ ގޮތުގައި، ހެދުމަށް 1967 ގައި ނިންމާފއިވާ ނިންމުންކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ މިފަދަ ވާހަކަތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ހަރުދަނާ ގޮތެއްގައި ތެދުވެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

މިއީ ހަމައެކަނި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާ ހިލާފުވުން ނޫންކަމަށާއި، އިޒްރާއީލްގެ ބޮޑުވަޒީރުގެ އެ ވާހަކަތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިންކާރުކުރުން ކުރިއަށް ގެންދިއުމަށް ތަމްސީލުކުރާ ވާހަކަތަކެއް ކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސައުދީގައި ދައުލަތެއް ހެދުމާ ގުޅޭގޮތުން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއާއިން ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންގެ ދައުލަތަކީ ފަލަސްތީނު ކަމަށާއި، އެކަން ބަދަލުކުރުމުގެ ހައްޤެއް އިސްރާއީލަކަށް ނޯންނާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ