ޕޮލްކޯ ފްލެޓް---ފޮޓޯ: ވޮއިސް
ހަބަރު
10 Feb 2025 | 16:44
ސާވާއަށް ދިމާވި މައްސަލައެއްގައި ޕޮލިސް ފްލެޓުގެ މުހިއްމު ލިޔެކިޔުންތަކެއް ވަނީ ގެއްލިފައި: ނިޔާޒީ

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސާވާއަށް ދިމާވި މައްސަލައިން ޕޮލިސް ފްލެޓާއި ގުޅުންހުރި ގިނަ ލިޔެކިޔުންތައް ފެންނަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޡީ ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން މިކަން ހާމަކުރީ ޕޮލިސް ފްލެޓްތައް އެޅުމުގެ ތެރެއިން ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ބިޑް އިވެލުއޭޝަނާ ގުޅޭ މަޢުލޫމާތު ހޯދަން އޮޑިޓް އޮފީހުން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ޕޮލްކޯގެ އައު ވެރިންނާއި ބައްދަލުކުރުމުން އެބޭފުޅުން އަތުގައި ލިޔުން ނެތް ކަމަށް ބުނެފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. މި މައުލޫމާތު ގެޒެޓުގައިވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

މިކަމާއި ގުޅުންހުރި އޮޑިޓް ރިިޕޯޓް އާންމުކުރި ފަހުން ޕޮލްކޯއިން ބައެއް ލިޔެކިޔުންތައް ހުށަހެޅި ކަމަށް މި ކޮމެޓީގައި އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ޕޮލްކޯ ފްލެޓް މައްސަލައިގައި އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ސަބްކޮމިޓީއެއް ހެދުމަށް ފާސްކޮށްފަ އެވެ.

ފުލުހުންނަށް ހާއްސަކޮށްގެން ތަރައްޤީކުރި ފްލެޓްތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 3 ފެބްރުވަރީގައި ޕޮލްކޯއަށް ވަދެފައެވެ. 

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރީ 2013 ވަނަ އަހަރެވެ. ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައިވަނީ، އެ މަޝްރޫޢުއާ ގުޅޭގޮތުން އެތައް މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ޕޮލްކޯއާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާ، އެ މަޝްރޫޢު ހިންގާފައިވާ ގޮތުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުން ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓުގައި ބުނީ އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާ އެއީ، އަކަފޫޓަކަށް 1،851 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށް ރިޕޯޓްގައިވެއެވެ. އަދި އެ ރޭޓުތަކަށް ބަލާނަމަ، އެ މަޝްރޫއުގެ އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާ ކަމަށާ އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އަލީ
އެންސީ އައި ޓީ ސާވާއަށް ހިއްސާ ކުރެވިފައި ހުރިނަމަ.؟ އެކަން ނުކުރި މުއައްޒަފަށް އަަދަބު ދެއްވާ.
10 Feb 2025
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.