އިސްރާއިލްގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ
ދުނިޔެ
12 Feb 2025 | 11:36
އިސްރާއީލްގެ ގައިދީންތައް މިނިވަންނުކޮށްފިނަމަ، ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި

އަންނަ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ހަމާސްއިން ބަންދުކޮށްފައިވާ އިސްރާއީލްގެ މީހުން ދޫކޮށްނުލައިފިނަމަ، ޣައްޒާގައި "ވަރުގަދަ ހަނގުރާމައެއް" އަލުން ފަށާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދީފިއެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، ހަމާސްއިން ހޯމަ ދުވަހު ބުނެފައިވަނީ މި ހަފްތާ ނިމުމުގެ ކުރިން ދޫކޮށްލަން ރޭވިފައިވާ 3 އިސްރާއީލު މީހުން ދޫކޮށްނުލާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ނެތަންޔާހޫ ބުނީ އިސްރާއީލުގެ ސިފައިން "ހަމާސް ފަނާކޮށްލުމަށް ޓަކައި އަނެއްކާވެސް ގަދަފަދަ ހަނގުރާމައަކަށް" ތައްޔާރަށް ތިބި ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި އަދިވެސް 17 އިސްރާއީލު ރަހީނުން ދޫކޮށްލަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލުޢާއްމު އަލުން ފެށުމުގެ ބިރުވެރިކަން އޮތް ވަގުތެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގާޒާ ހިފުމުގެ ޕްލޭން ތަކުރާރުކޮށް، ޖޯޑަންގެ ރަސްގެފާނު އަބްދުالله ދެވަނަ، އެމެރިކާއަށް ކުރެއްވި ޒިޔާރަތުގައިވެސް، ފަލަސްތީނުގެ ރައްޔިތުން އެގައުމަށް ބަދަލުކުރުމަށް ބިންދޫކުރުމަށް ގޮވާލާފައެވެ.

ނަމަވެސް ރަސްގެފާނު އަބްދުالله ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމާ ދެކޮޅުހައްދަވާ ކަމަށާއި، އަރަބި ޤައުމުތަކުން އެމެރިކާގެ ޕްލޭނަށް ޖަވާބެއް ދޭނެ ކަމަށެވެ.

މިސްރުގެ ފަރާތުން ބުނެފައިވަނީ "ފުރިހަމަ ޕްލޭނެއް" ގެ ދަށުން ފަލަސްތީނުގެ ރައްޔިތުން ބަދަލުނުކޮށް ގާޒާ އަލުން އިމާރާތްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ޤަތުލުޢާއްމުގައި މިހާތަނަށް 48،219 މީހުން ޝަހީދުވެ، 111،665 މީހުންނަށް އަނިޔާވެފައިވެއެވެ. ނަމަވެސް ޣައްޒާ ސަރުކާރުގެ މީޑިއާއިން ޝަހީދުވި މީހުންގެ އަދަދު އަޕްޑޭޓްކޮށް، ބުނެފައިވަނީ އިމާރާތް ތަކުގެ ދަށުވެފައިވާ މީހުންނާއި ގެއްލިފައިވާގެ އަދަދު ހިމަނައިގެން، ޝަހީދުވި މީހުންގެ އަދަދު ހާހަކަށްވުރެ ގިނަ ވާނެ ކަމަށެވެ. އެގޮތުން މަދުވެގެން 61،709 މީހުން ޝަހީދުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.