ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ފްލެޓްތައް
ހަބަރު
16 Feb 2025 | 13:46
ޕޮލްކޯގައި ކޮރަޕްޝަންގެ އެހެނިހެން މައްސަލަތައްވެސް ހުރިކަން ނާޒިމް ފާހަގަކުރައްްވައިފި

ޕޮލްކޯ ފްލެޓް މައްސަލައިގައި ވިސްބްލޯވާއެއްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ލިބިއްޖެ ކަަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ. 

މީގެ ކުރިން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބްލޫސް ހައުސިން ޕްރޮޖެކްޓްގައި ޝައްކު ކުރެވޭ މުއާމަލާތްތަކެއްގެ މައްސަލަ ފެންމަތިވެފައިވާއިރު، ފަހުން ވަނީ މުހިއްމު ލިޔެކިޔުންތައް ގެއްލިފައިވާކަން ހާމަވެފަ އެވެ. އެންމެ ފަހުން މާލިއްޔަތު ކޮމިޓީ އިން ބޭއްވި ޖަލްސާގައި ޕޮލްކޯ އިން ވަނީީ ބްލޫސް ހައުސިން ޕްރޮޖެކްޓާއި ގުޅުންހުރި ލިޔެކިޔުންތައް ސާވަރއަށް ދިމާވި މައްސަލައެއްގައި ގެއްލިފައިވާ ކަމަށް ހާމަކޮށްފައެވެ. 

މާލިއްޔަތު ކޮމިޓީގެ ތެރޭގައި ހިމެނޭ ސަބް ކޮމިޓީއެއްގެ ޗެއާޕާސަން، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ކޮމިޓީއަށް ވިސްބްލޯ ކުރި ފަރާތެއްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލައަށް ރިއާޔަތްކުރައްވަމުން ނާޒިމް ވިދާޅުވީ ބްލޫސް ހައުސިން ޕްރޮޖެކްޓް ނޫނަސް އެެހެނިހެން މަސައްކަތްތަކުންވެސް ޕޮލްކޯއިން ކޮރަޕްޝަން ހިންގާ ކަމަށެވެ. ނާޒިމް ވިދާޅުވީ މުދަލާއި ހިދުމަތުގެ ޕްރޮކިއުމެންޓުގެ ސިފައިގައި ޕޮލްކޯއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށެވެ.

ނާޒިމް އިތުރަށް ހާމަކުރެއްވި ގޮތުގަައި 2019 ވަނަ އަހަރުގައި ވިސްލްބްލޯވާ މަޖިލީހަށް ފޮނުވި ސިޓީ ކުރީގެ ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު އަތަށްވެސް ވިސްލްބްލޯވާ ރައްދުކޮށްފައި ވެއެވެ. ނަމަވެސް ހަމީދު އެކަމަށް އަޅާލާފައި ނުވާ ކަމަށް ބެލެވޭ ކަމުގައި ނާޒިމް  ވިދާޅުވެފައި ވެއެވެ. 

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރީ 2013 ވަނަ އަހަރެވެ. ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައިވަނީ އެ މަޝްރޫޢުއާ ގުޅޭގޮތުން އެތައް މައްސަލަތަކެއް ފާހަގަކޮށްފައެވެ. 

ޕޮލްކޯއާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި، އެ މަޝްރޫޢު ހިންގާފައިވާ ގޮތުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުން ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެ މަޝްރޫއު ހިންގާފައިވަނީ ކަނޑައެޅިގެން ނޫމަޑީގެ ރެޕްރެޒެންޓޭޓިވަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެ މީހާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން 682 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. 

 ޕޮލްކޯގެ ފްލެޓްތަކަކީ އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއް ހަރަދުކޮށްގެން ހަދާފައިވާ ފްލެޓްތަކެއް ކަމަށާއި މާކެޓް އަގުތަކަށް ވުރެ ފްލެޓްތައް އެޅުމުގެ ހަރަދު ބޮޑުވުމުން ކޮންޓްރެކްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮންޓްރެކްޓަރުން ޕޮލްކޯއަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ނަމަވެސް އެ ފައިސާ ހޯދުމަށް ޕޮލްކޯއިން މަސައްކަތް ކޮށްފައި ނުވާކަން ރިޕޯޓުން ދައްކަ އެވެ.

ފުލުހުންގެ ފްލެޓްތައް ހަދަމުންދާތާ 11 އަހަރަށްވުރެ ގިނަ ދުވަސްވީނަމަވެސް ފްލެޓްތައް މުޅިން ނިމުމަކަށް އައިސްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.