ނަތަންޔަހޫ އާއި ޓްރަމްޕު: ފޮޓޯ/ ބީބީސީ
ދުނިޔެ
17 Feb 2025 | 09:39
އެމެރިކާގައިހުރި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް އިސްރާއިލަށް ފޮނުވަން ފަށައިފި!

އެމެރިކާއިން ހިފަހައްޓާފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ޒަޔަނިސްޓު އިސްރާއީލަށް ގެންދަން ފަށައިފިއެވެ. އެގޮތުން އެމްކޭ-84 މަރުކާގެ ބޮންތައް އިސްރާއީލަށް ގެންދަން ވަނީ ފަށާފައެވެ. 

2024 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު އިސްރާއީލް ސިފައިން، އައިޑީއެފްއިން ރަފާހަށް އަރައިގަތެވެ. އައިޑީއެފްއިން ރަފާހަށް އަރައިގަތުމާ ގުޅިގެން، އޭރުގެ އެމެރިކާ ރައީސް ޖޯ ބައިޑެން ވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވުން މުޅިން ހުއްޓާލާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެމްކޭ-84 މަރުކާގެ 2،000 ޕައުންޑުގެ ބޮންތައް ހިމެނޭގޮތަށް، ބައެއް ހަތިޔާރު ފޮނުވުން ވަގުތީގޮތުން ހުއްޓާލާފައެވެ.

މިއީ އައިޑީއެފްގެ އަރައިގަތުމާމެދު ހިތްހަމަނުޖެހުން ފާޅުކުރުމަށާއި، ގިނަ އަދަދެއްގެ ފަލަސްތީނު އާންމުން މަރުވެއްޖެނަމަ އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރެއްގެ ގޮތުން ކުރި ކަމެއް ކަމަށް އޭރު އެމެރިކާއިން ބުންޏެވެ. ނަމަވެސް، އެ ތަކެތި ޔަހޫދީންނަށް ފޯރުކޮށްދިނުން މެދުކަނޑައިލުމަށް ބައިޑަން ނިންމި އަސްލު ސަބަބަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކެވެ.

އެހެންނަމަވެސް، މިހާރުގެ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ހަވާލުވުމާއެކު، 2025 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހު، އިސްރާއީލަށް ހަތިޔާރު ފޮނުވުމުގެ މައްޗަށް ޖަހާފައިވާ ފްރީޒް ވަގުތުން ނަގާލިއެވެ. އަދި ޔަހޫދީން ބޭނުންހާ ހަތިޔާރެއް އެ މީހުންނަށް ފޯރުކޮށްދިނުމުގެ ހުއްދަ ދިނެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ، ޓްރަމްޕްގެ ނިންމުމާއެކު އެކު ހިފަހައްޓާފައިވާ ހަތިޔާރުތައް ދޫކޮށްލުމުން، އެމްކޭ-84 މަރުކާގެ ބޮން އިސްރާއިލަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ހަތިޔާރު މިހާރު ވެސް ޒަޔަނިސްޓު އިސްރާއީލަށް ގެންގޮސްފައިވާ ކަމުގައެވެ. މިކަން އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމްކޭ-84 މަރުކާގެ 900 ކިލޯގެ ބޮމަކީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެކެވެ. އިސްރާއިލުން މީގެ ކުރިން އެ ހަތިޔާރު ބޭނުން ކޮށްފައި ވަނީ، ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅެމުން ދިޔަ ބޮޑެތި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލުމަށެވެ. އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބައެއް ވަނީ ޝަހީދު ކޮށްލާފައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 111,000ށްވުރެ މައްޗަށް އުފުލިފައެވެ. މި ގަތުލު ޢާއްމު މިހާރު މެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.