އައްޑޫ ސިޓީ-.
ހަބަރު
17 Feb 2025 | 10:50
ކަރަންޓް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް، އައްޑޫއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ. 

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުން، ދޭތެރެ ދޭތެރެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑި އެކަމުގެ ތަކުލީފް ރައްޔިތުންނަށް އުފުލަން ޖެހިފައިވާއިރު، އެ މައްސަލާގައި ފެނަކައިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ރަށްރަށުން ކަރަންޓު ކެނޑެނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެގެން ކަމަށެވެ. 

އޭގެ ސަބަބުން އެ ރަށް ރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ދަތިވެ، އެކި ވަގުތު ތަކުގައި އެކި ސަރަހައްދުން ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. 

އެހެންކަމުން، އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެތެއް ހޯދައި އައްޑޫއަށް ފޮނުވުމަށް މިހާރު ލޭންޑިންގް ކްރާފްޓަށް ލޯޑްކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން، ފެނަކައިން ބުނީ ހަލާކުވި ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށާއި ދެ ވަނަ ޖަނަރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ސްޕެއާ ގެނެސް، ތިންވަނަ ޖަނަރޭޓަރުވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ހިންގަން ފެށޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

ފެނަކައިން ބުނީ، އައްޑޫ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ފަށައި، ދޮޅު އަހަރު ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތް ނިންމުމުގެ އަމާޒުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ