އެމްއައިބީ ހެޑް އޮފީސް---ފޮޓޯ: ވޮއިސް
ވިޔަފާރި
18 Feb 2025 | 15:53
ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑު ކޮއްފި

ފަސޭހަކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފިއެވެ. 

ދާދި ފަހުން ސަރުކާރުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާއިއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު ލުއި ފަސޭހަކަމާއި ރައްކާތެރި ކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތެއްގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އެމްއައިބީއިން ތައާރަފްކުރި މި ހިދުމަތާއިއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. 

އެމްއައިބީ އިން ބުނީ މި ހިދުމަތުގެ ޒަރީޔާއިން ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ. މި ހިދުމަތް ވިޔަފާރިތަކަށްވެސް އަދި އަމިއްލަ ފަރުދުންނަށްވެސް ލިބޭނެ ކަމަށް އެމްއައިބީ އިން ބުނެފައި ވެެއެވެ. އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށް އެމްއައިބީ އިން މައުލޫމާތު ދީފައި ވެއެވެ. 

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮށްލަން ފަސޭހަ ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ހިދުމަތަކީ ޑާކް މޯޑްވެސް އެކުލެވޭ ބޭނުން ކޮއްލަން ފަސޭހަ ހިދުމަތެކެވެ. ފަވަރައާއި އެކު މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިތުމަތްވެސް ތައާރަފްކޮށްފައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީއެވެ. ވަގުތުން އެމްއައިބީގެ ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެދެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ