ސްޓެލްކޯ ޓީމު
ކުޅިވަރު
21 Feb 2025 | 08:11
އިންޓަ އޮފީސް ބިލިއާޑް މުބާރާތް: ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ސްޓެލްކޯ އިން ހޯދައިފި

12 ވަނަ އެމްއައިބީ އިންޓަރ އޮފީސް ބިލިއަރޑް މުބާރާތުގެ ޓީމް އިވެންޓުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށް ސްޓެލްކޯއިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އެމްއައިބީ ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެމްއެންޑީއެފް ބަލިކުރުމަށްފަހު އެވެ. އަދި ސްޓެލްކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ފައިނަލުގެ ފުރަތަމަ ފްރޭމް ފަސޭހަކަމާއެކު 9-2 ގެ ނަތީޖާއަކުން ސްޓެލްކޯ އިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ފްރޭމް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 9-5 ގެ ނަތީޖާއަކުންނެވެ. އަދި މިއާއެކު މެޗުގެ ފުރަތަމަ ދެ ޓައި ސްޓެލްކޯ އިން ކާމިޔާބުކުރުމުން ތިން ވަނަ ޓައި ނުކުޅެ އެޓީމަށް ވަނީ މެޗު ލިބިފައެވެ. 

12 ފެބުރުއަރީ 2025 އިން 20 ފެބުރުއަރީ 2025 ގެ ނިޔަލަށް ނެޟަނަލް ބިލިއަރޑް ސެންޓަރުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި 13 ޓީމަކުން ވާދަކުރިއިރު މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 13 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ހޮވިފައެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.