Advertisement

ނިގަމްބޯއިން ހައްޔަރުކުރި ހަތަރު ދިވެހި ކިޔަވާކުދިން ދޫކޮށްލަނީ

27 Apr 2019 | 16:18

ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ބަލާފާސްކުރުމުގެ ތެރެއިން ނިގަމްބޯއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު ދިވެހި ކިޔަވާކުދިން ދޫކޮށްލުމަށް ނިންމައިފިއެވެ.

އެ ދަރިވަރުން ދޫކޮށްލުމަށް އެގައުމުގެ ކޯޓަކުން ނިންމިކަން ކޮޅުނބުގައި ހުންނަ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގު ވަނީ ޔަގީންކޮށްދެއްވާފައެވެ. އެ ދަރިވަރުން ދޫކޮށްލާނީ އަންނަ ހޯމަ ދުވަހުގައިކަން އެނގިފައިވެއެވެ.

ނިގަމްބޯއިން ގެންދިޔައީ އިންޖީނިއަރިންްގް ކިޔަަވަމުން ދިޔަ ދަރިވަރުންތަކެކެވެ. އެ ކުދިން ގެންގޮސްފައިވަނީ އެކުދިން ގެންގުޅުނު އެއާ ރައިފަލްއެއް ގެންގުުޅުމަށް ސައްހަ ހުއްދައެއް ނެތުމުންނެވެ. އެނގިފައިވާ ގޮތުގައި އެ ރައިފަލް އެކުދިންނަށް ވިއްކި ފަރާތުން ދީފައިވަނީ ފޭކް ހުއްދައެވެ.

ސްރީލަންކާގައި އާންމު އުސޫލެއްގެ ގޮތުންވެސް ސައްހަ ހުއްދައެއްެނެތި ބަޑި ގެންގުޅުމަކީ މަނާ ކަމެކެވެ.

ނަމަވެސް އައިއެސް ޖަމާއަތާއި ބެހޭ މައުލޫމާތު އިން ތައުލީމީ ފޮތެއް ފެނިގެން އިއްޔެ ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު ވަނީ ތޭރަ ދުވަހަށް އިތުރުކޮށްފައެވެ.

Advertisement

ކޮމެންޓް