ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަންހެން ޓީމު
ކުޅިވަރު
21 Feb 2025 | 08:53
އިންޓަ އޮފީސް ބިލިއާޑް މުބާރާތް: އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބީއެމްއެލް އިން ހޯދައިފި

12 ވަނަ އެމްއައިބީ އިންޓަރ އޮފީސް ބިލިއަރޑް މުބާރާތުގެ ޓީމް އިވެންޓުގެ އަންހެން ޑިވިޝަން ފައިނަލުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބީއެމްއެލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ. 

އެސްޓީއޯ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ބީއެމްއެލް ބަލިކުރުމަށްފަހު އެވެ. އަދި ބީއެމްއެލް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ދެކޮޅަށް ކުޅުނު ތިންވަނަ ސެމީފައިނަލް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓިއޯ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ފްރޭމް 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބީއެމްއެލް އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ފްރޭމްގައި އެސްޓީއޯ މޮޅަށް ކުޅެ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން މި ފްރޭމް ކާމިޔާބުކޮށްފަ އެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށް ކުޅެވުނު ތިންވަނަ ފްރޭމުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، މިފްރޭމް ބީއެމްއެލް އިން ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. 

މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމަކުން ވާދަކުރިއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުންނެވެ. އަދި ލީގު ބުރުގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވުނު އިރު ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ވާދަކުރިއިރު، ދެވަނަ މެޗުގައި ވާދަކޮށްފައި ވަނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

ސެމީގެ ފުރަތަމަ މެޗުން މޮޅުވި ޓީމަށް މުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ލިބުނުއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބުނީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ޓީމާއި ސެމީގެ ދެވަނަ މެޗުން މޮޅުވި ޓީމުގެ މެޗުގައި ތިންވަނަ ސެމީއެއް ކުޅެ މޮޅުވި ޓީމެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.