ދީން
21 Feb 2025 | 13:11
”ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދާށެވެ!“

ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެ މައްސަރާ އިސްތިޤުބާލުކުރާންޖެހޭ ކަމަށެވެ.

” ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (أَتَاكُمْ رَمَضَانُ، شَهْرٌ مُبَارَكٌ، فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيْهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيْهِ أَبْوَابُ الْـجَحِيْمِ، وَتُغَلُّ فِيْهِ مَرَدَةُ الشَّيَاطِيْنِ، لِلَّهِ فِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ.) މާނައީ: "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސްއަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. الله تَعَالَى ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟުކުރެއްވިއެވެ. އެ މަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެދޮރުތައް ބަންދުކުރެވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެ މަހުގައިއެއް ހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުންމަޙްރޫމުވެއްޖެ މީހާ (ހުރިހައި ހެޔޮކަމަކުން) މަޙްރޫމުވެއްޖެއެވެ."

ރަމަޟާން މަހަށް ތައްޔާރުވުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެ މައްސަރާ އިސްތިޤުބާލުކުރާންޖެހޭ ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަތައުބާއަކުން ތައުބާވެގެންވާ ޙާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަތައުބާއަކުން ތައުބާވެގެންވާ ޙާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ. އަދި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ އަހަރެމެން ކުރިމަތިލާންވާނީ، ފުރިހަމައީމާންކަމާ އެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައި ކަމަށާ، އަހަރުގެ އެހެން މަސްތަކާޚިލާފަށް އަޅުކަމުގައި މުރާލިކަން އިތުރުކޮށް، ވަރުގަދަ ޢަޒުމަކާ އެކު ކުރިމަތިލާންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. 

މީގެ އިތުރުން ޚުތުބާގައި ވަނީ، ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށްހޯދުމުގެ މަހަކަށް ނުހަދައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެމައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަން ނަސޭހަތްތެރިވެފައެވެ. އަދި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މި މަތިވެރި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރާށް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ