އެފްޓިއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާ ބާޒާރަށް ނެރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރަނީ..
ހަބަރު
22 Feb 2025 | 11:13
އެފްޓީއޭގެ ދަށުން އެންސިސް ކުންފުނިން ޗައިނާއަށް މަސްބޭރުކުރަން ތައްޔާރުވަނީ!

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުންފުންޏަކުން ޗައިނާއަށް މުދާ ބޭރުކުރުމުގެ މުއާމަލާތްތައް ފަށައިފިއެވެ.

އެފްޓީއޭ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ފުރަތަމަ ފަހަރަށް ޗައިނާއަށް މުދާ ބޭރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއްކަމަށްވާ އެންސިސް ކުންފުންނެވެ. އެންސިސް ފިޝަރީޒުން ވަނީ އެކުންފުނީގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރުމަށްޓަކައި އެޤައުމުގެ ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޗައިނާގެ ވެރިކަންކުރާސިޓީ ބެއިޖިންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެންސިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން އަފީފެވެ. އަދި ޒިންޖުއާން ސޯވް  ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ލިން ޔުޗެންޖް އެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބު އާއި ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދުގެ އިތުރުން ޗައިނާގެ ނަގާކިޔާ މީޑިއާތަކުން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންސިސް ކުންފުނިން އުފައްދަމުންދާ މަހުގެ އެކި ބާވަތްތައް ޗައިނާގެ ބާޒާރުތަކަށް ނެރޭނެއެވެ. މީގެ ތެރޭގައި ގަނޑުކުރި މަހުގެ އިތުރުން ވެލިއު އެޑެޑް އުފެއްދުންތައްކަމަށްވާ ދަޅުމަހުގެ ބާވަތްތައް ހިމެނެއެވެ. އެންސިސްއިން މައުލޫމާތުދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް އަންނަމަހުގެ ތެރޭގައި ފޮނުވާނެއެވެ. 

ރާއްޖެއިން ޗައިނާ ސަރުކާރާއެކު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއްނެތި ޗައިނާގެ ބާޒާރުތަކަށް މަހުގެ އެކިކަހަލަ އުފެއްދުންތައް ބޭރުކުރުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން އޮންލައިނުކޮށްވެސް މުދާ ވިއްކުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މުއާމަލާތްތައް އެންމެފުރަތަމަ ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެއްބަސްވުން ޤާއިމްކޮށް ނިންމައި އެއަށް އަމަލުކުރަން ފަށާފައިވަނީ ހުސްވި ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.