ރާއްޖޭގެ އަންހެން ގައުމީ ބާސްކެޓް ޓީމު..
ކުޅިވަރު
25 Feb 2025 | 03:20
ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް އަތުން ރާއްޖެއަށް ތާރީޚީ މޮޅެއް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި 53-46 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށް ދިވެހި ގައުމީ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ދެކުއާޓާގައި ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ކުއާޓާގެ ކުޅުން ނިމިގެންދިޔައިރު، 11 ޕޮއިންޓްގެ ލީޑަކާއެކު 26-15 ގެ ނަތީޖާއަކުން ކުރީގައި އޮތީ ދިވެހި ޓީމެވެ.

ނަމަވެސް މެޗުގެ ތިންވަނަ ކުއާޓާގައި ނޭޕާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިކުއާޓާގައި 35-34 ގެ ނަތީޖާއަކުން އެޓީމު ލީޑު ވެސް ހޯދިއެވެ. ނަމަވެސް ހަތަރުވަނަ ކުއާޓާގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ހަތް ޕޮއިންޓްގެ ލީޑަކާއެކު 46-53 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ދިވެހި ޓީމުގެ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 19 ޕޮއިންޓް ކާމިޔާބުކޮށްދިން ރައިފާ އިބްރާހިމް އެވެ. 

މިއީ، ރާއްޖޭން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ސާބާގެ ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އެއީ، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު އެވެ.

މުބާރާތުގެ އެންމެ ފަހު ދެއަހަރުގެ ޗެމްޕިއަން، ސްރީ ލަންކާ އިން މުބާރާތް ފަށަން މަހެއްހާ ދުވަހަށް ވެފައި އޮއްވައި، މުބާރާތުގައި ވާދަނުކުރަން ނިންމާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރަމުންދަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން މުބާރާތް ބާއްވާ ގައުމު އިންޑިޔާ އެވެ. 

ލީގު އުސޫލުން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 113-32 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޭޕާލް ބަލިކޮށްފަ އެެވެ. އަދި ރާއްޖެ އަތުން ބަލިވެ ނޭޕާލް މުބާރާތުން ކަޓާފައިވާއިރު، އެޓީމަކީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ރަނަރަޕް ޓީމެވެ.

މީގެ އިތުރުން މިމުބާރާތުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.