މީޑިއާ ނެޓުގެ ޚިދުމަތް މުޅި ރާއްޖެއިން މެދުކެނޑިއްޖެ

28 Apr 2019 | 16:08

ރާއްޖޭގެ އެންމެ ބޮޑު ކޭބަލް ޓީވީ އޮޕަރޭޓާރ މީޑިއާ ނެޓުގެ ޚިދުމަތް މުޅި ރާއްޖެއިން މެދުކެނޑިއްޖެ އެވެ.

މީޑިއާނެޓްގެ ހިދުމަތް މުޅި ރާއްޖެއިން ކެނޑެން ދިމާވި ސަބަބެއްކަމަށް ވަނީ މާލޭގައި މީޑިއާނެޓް ހެޑްއޮފީސް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑުމުންނެވެ.

މީޑިއާނެޓްގެ ހިދުމަތް ކެނޑިފައިވާތާ މިހާރު ގަޑިއިރެއް ވެފައިވާއިރު މީޑިއާނެޓްގައި މިފަދަ ހާލަތުގައި ބޭނުންކުރުމަށް ބެކްއަޕް ޖަނަރޭޓަރ ބެހެއްޓުމުގެ ހުއްދަނެތުމުން އެފަރާތުން ބޭނުން ކުރަމުން އަންނަނީ ބެކަޕް ޔޫޕީއެސްތަކެވެ. 

މީޑިއާނެޓް ހުންނަ ސަރަހައްދައް ކަރަންޓް ލިބޭނެކަމަށް މައުލޫމާތު ލިބެނީ މިއަދު 16:00 ގައެވެ. 

މީޑިއާ ނެޓުން ބުނެފައި ވަނީ ކަރަންޓް ދިޔުމުގެ ސަބަބުން މީޑިއާ ނެޓްގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށާއި، ވީހާވެސް އަވަހަށް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


Advertisement

ކޮމެންޓް

Advertisement