ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގެ މެންބްރުން...ފޮޓޯ: ނަޝަނަލް އޮލިމްޕިކް ކޮމެޓީ އޮފް ސްރީލަންކާ
ކުޅިވަރު
26 Feb 2025 | 09:19
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި ބާއްވަނީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ސައުުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި ބޭއްވުމަށް ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފި އެވެ.

ޕާކިސްތާނުގައި އިއްޔެ ކުރިއަށްދިޔަ އެސްއޭއޯސީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ 14 ވަނަ ސައުތު އޭޝިއަން ގޭމްސް 23 ޖެނުއަރީ 2026 އިން 31 ޖެނުއަރީ 2026 ގެ ނިޔަލަށް ޕާކިސްތާންގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ކުރިއަށް ގެންދިއުމަށެވެ. އަދި މިއީ، 2023 ވަނަ އަހަރު ބާއްވަން އެންމެ ފުރަތަމަ ނިންމި ގޭމްސްއެއް ނަމަވެސް އެކި ސަބަބުތަކާ ހުރެ މުބާރާތް ނުބޭއްވި ހަތަރު ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ފަސްކުރުމަށް ފަހު އެވެ. އަދި އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކުރިއަށްގެންދަން، ޖުމްލަ އެކު، 27 ކުޅިވަރު ހަރަކާތެއް ވަނީ އެސްއޭއޯސީން މި ވަގުތަށް ފާސްކޮށްފަ އެވެ. މި ކުޅިވަރުތަކާ ބެހޭ ހުރިހާ ކަމެއް އެޕްރޫވްކުުރުމަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ވަނީ މުއްދަތެއް ކަނޑައަޅައިފަ އެވެ.

އެސްއޭއޯސީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރާއްޖެ އިން ބަައިވެރިވެފައި ވަނީ، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް އާއި ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ، ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގަައި މުހިންމު ގޭމްސް އަކަށް ވީ ހިނދު، މި ގޭމްސްގައި ބައިވެރިވާނެ ކުޅިވަރުތައް ފައިނަލް ކުރުމުގައި ހުރިހާ މެމްބަރު އެސޯސިއޭޝަންތަކާ މަޝްވަރާ ކުރެވިގެންދާނެ އެވެ.

އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ ބޮޑު ބައެއް ހިމަނާފައިވަނީ، ސައުތު އޭޝިއަން ގޭމްސް އަށް ހިނގާނެ ހަރަދެއްގެ ގޮތުގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.