ކެލިފޯނިއާގައި ހުންނަ އެމްޖެން ހެޑްކުއާޓަރު... ފޮޓޯ: ރޮއިޓާސް
ވިޔަފާރި
26 Feb 2025 | 15:51
އެމެރިކާގެ އެމްޖެން ކުންފުނިން އިންޑިއާގައި 200 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ!

ބޭސް އުފައްދާ އެމެރިކާގެ ކުންފުންޏެއްކަމަށްވާ އެމްޖެން ކުންފުނިން އިންޑިއާގައި މިއަހަރު 200 މިލިއަން ޑޮލަރު އިންވެސްޓްކުރާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޖެން ކުންފުނިން މި ފައިސާ އިންވެސްޓްކުރާނީ މިހަފްތާގައި އެކުންފުނިން ބިންގާ އެޅި ޓެކްނޮލޮޖީ ސެންޓަރުގައެވެ. ހައިދަރުއާބާދުގައި ގާއިމްކުރާ މި ޓެކްނޮލޮޖީ ސެންޓަރުގައި، ބޭސް އުފެއްދުމަށް އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރާނެއެވެ. މިއަހަރު ނިމޭއިރު މި މަރުކަޒުން 2000 ވަޒީފާ އުފެދޭނެކަމަށް ބެލެވޭއިރު، އެމްޖެން އިން މިހާތަނަށް 300 އެއްހާ މުވައްޒަފުން ވަނީ ނަގާފައެވެ.

އެމްޖެން ކުންފުނީގެ ސީއީއޯ ރޮބަރޓް ބްރެޑްވޭ ބުނީ އެކުންފުނިން އިންޑިއާގައި އިންވެސްޓްކުރުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މިއަހަރު 200 މިލިއަން ޑޮލަރު އިންވެސްޓްކޮށް، ކުރިއަށް އޮތްތަނުގައި އިތުރު އިންވެސްޓްމަންޓްތައްވެސް ގެންނާނެކަމަށް އެނާ ބުންޏެވެ.

އެމެރިކާގެ ބޭސް އުފައްދާ ގިނަ ކުންފުނިތަކުން އިންޑިއާގައި ކޮންމެވެސް ސިފައެއްގައި އިންވެސްޓްކޮށްފައިވާއިރު، އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުގެވެސް އެންމެ ބޮޑު އެއް މާކެޓަކީ އެމެރިކާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން އިންޑިއާގައި އުފައްދާ ބޭސްތައް އެމެރިކާއަށް އެތެރެކުރާއިރު ބޮޑު ޓެރިފެއް ނަގައިފިނަމަ، މި ދެގައުމުގެ ވިޔަފާރީގެ ގުޅުމަށް އަސަރުކުރާނެއެވެ. އަދި އެ އަސަރު، ބޭސް އުފައްދާ ސިނާޢަތަށްވެސް ފޯރާނެއެވެ.

އެހެންނަނަމަވެސް، ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އެމެރިކާގެ ރައީސް ޓްރަމްޕް ބޭއްވެވި މަޝްވަރާތަކަށްފަހު، ޓެރިފްގެ މައްސަލައަށް ހައްލެއް އައިސްދާނެކަމުގެ އިޝާރާތެއް ކުންފުނިތަކަށް ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.