އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Feb 2025 | 08:14
މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ޣައިރު ގާނޫނީ ދައުލަތެއް: ފައްޔާޒު

މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ޣައިރު ގާނޫނީ ދައުލަތެއް، ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މަގުމަތީ ހަރާކާތްތައް ފަށަން ނިންމާފައިވާކަން އިއުލާން ކޮށް، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް މިއީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ މާޒީއެއް އޮތް ބައެއްކަން އެނގޭ ކަމަށެވެ.

އަދި އެމްޑީޕީން މަސައްކަތް ކުރީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް ކަމަށާ އެހެން ނަމަވެސް، މިއަދު ގާނޫނުއަސާސީ ފުނޑާލައި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ޕީއެންސީން ހަރަބުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތީ ދަތި، އުނދަގޫ، ކަޅު ދުވަސްތަކެއް. މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ޣައިރު ގާނޫނީ ދައުލަތެއް، ވަކިން ހާއްސަކޮށް މުޅި ވެރިިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ޣައިރު ގާނޫނީ ސަރުކާރެއް. ރައްޔިތުންނަށް އެ މީހުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ޣައިރު ގާނޫނި ސަރުކާރުން ފުނޑުފުނޑުކޮށްފި.

ފައްޔާޒު އިސްމާޢީލް 

މިއާއެކު ފައްޔާޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ދެން އޮތީ އެމްޑީޕީގެ ގައުމީ މަޖިލީހުން 10 ޑިސެމްބަރު 2024 ގައި ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް މަގުމައްޗަށް ނުކުތުން ކަމަށެވެ. އަދި މުޅި ވެރިކަމުގެ ނިޒާމު ”ހައިޖެކް ކުރުމަށް“ މި ސަރުކާރުން ކޮށްފައިވާ ކަންކަމާ މެދު މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑުއުފުލުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށް އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހަރަކާތްތައް ހިންގާނެ ކަމަށާ، މި ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއި، މަދަނީ ޖަމިއްޔާތަކާއި، ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރުދުންނަށް ދައުވަތު އަރުއްވާ ކަމަށެވެ.

”މާތް الله ގެ ވާގިފުޅާއެކު މި އަނދިރި ދުވަސްތަކުގެ ތެރެއިން އަޅުގަނޑުމެން އަލިމަގެއް ހޯދާނަން.“ ފައްޔާޒު ވިދާޅުވިއެވެ. 

ކޮމެންޓް
އަހުދުނާމާ
ކަލޭމެން ނުކުރާކަމެއް އަދި މިސަރުކާރަކުން ނުކުރޭ އެހެންވީމާ ބުނެވޭނެ ކަލޭމެން ވެސް ހިންގީ އައިރު ގާނޫނީ ދައުލަތެކޭ
27 Feb 2025
ކަނބުލޮ
ފައްޔާޒް ޖަމް ޕްލީސް
27 Feb 2025
ތެންގޯ
އެމްޑީޕީ ސަރުކާރެއް ނޫނީ ނެތް ގާނޫނީ ސަރުކާރެއް
27 Feb 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.