ކުރީގެ ރައީސް މުޙައްމަދު ނަޝީދު-.
ހަބަރު
28 Feb 2025 | 15:27
ރަޝިޔާ ސަފީރު އަރިހުން ރައީސް ނަޝީދު މަޢާފަށް އެދިވަޑައިގެންފި

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި މި ހަފުތާގައި ނެގި ވޯޓެއްގައި ޔޫކްރޭނަށް ތާއީދުކޮށް ރާއްޖޭން ވޯޓު ދިނުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެކަމާ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ހިތްހަމަޖެހިވަޑައިނުގެންނެވުމުން ސަފީރު އަރިހުން ނަޝީދު މަޢާފަށް އެދިވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގައި ރާއްޖޭން ވޯޓުން ލާފައިވަނީ، މި ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން ހިފަހައްޓަމުން އައި ސިޔާސަތާ އެއްގޮތަށް ޔޫކްރޭނާ އެއްކޮޅަށެވެ.

އެކަމާއި ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ވޯޓުލީ ގޮތާމެދު އުފާ ކުރައްވާ ކަމަށާ، އަދި ޔޫރަޕްގެ ގައުމުތަކާ އެކު ރާއްޖޭން ވެސް އާންމު ވިސްނުމާ އެއްގޮތަށް، ވޯޓު ލުމުގައި ހިތްވަރާއި ދުރުވިސްނުން އިސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. 

ރަޝިޔާ ސަފީރު

އެކަމާ ގުޅިގެން، ސަފީރު ލިވަން އެސް ޖަގަރްޔަން ވިދާޅުވީ، ޔޫކްރޭނާ އެއްކޮޅަށް ރާއްޖޭން ވޯޓު ދިނުމަކީ ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.

އަދި ޔޫކްރޭނު ހަނގުރާމަ އަށް ސުލްހަވެރި ނިމުމެއް ގެންނަން މިހާރު ބަދަލުވެފައިވާ ވިސްނުމާ އެހާ ދުރުގައި ނަޝީދު ފަދަ ތަޖުރިބާކާރު ސިޔާސީ ބޭފުޅަކު ހުންނެވުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށާ، އެމެރިކާ އިން ވެސް ހަގީގަތާ އެއްގޮތް ސިޔާސަތަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ނަޝީދު އިސްކުރައްވަނީ ޔޫރަޕުން ގެންގުޅޭ އަސްކަރީ ބާރުގެ ވިސްނުން ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. 

"އަޅުގަނޑު ނަޝީދަށް ހަނދާންކޮށްދޭން ބޭނުންވަނީ، އަޖައިބެއް ފަދަ ޖަޒީރާ ރަށްތަކުގައި ޗުއްޓީ ހޭދަކޮށް، ރާއްޖޭގެ ބަޖެޓު ބޮޑުކޮށްދެނީ ރަޝިއާގެ ޓޫރިސްޓުން [ޔޫކްރޭނުގެ މީހުން ނޫން] ކަން،" އޭނާ ވިދާޅުވި އެވެ

ސަފީރު ވަނީ ރަޝިއާ އިން ރާއްޖެ އަށް ވަމުންދާ މިފަދަ އެހީތެރިކަން ބަލައިގަތުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ސަފީރުގެ އެ ޕޯސްޓާއި ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, "އެޑްވާންސިންގ އަ ކޮމްޕްރިހެންސިވް، ޖަސްޓް، އެންޑް ލާސްޓިންގ ޕީސް އިން ޔޫކްރެއިން" އަށް ރާއްޖެއިން ވޯޓު ދިނުމާ ގުޅިގެން އެމަނިކުފާނު ފާޅުކުރެއްވި ޝުޢޫރުތަކުން ރަޝިޔާގެ އެމްބެސެޑަރަށް ކަންބޮޑުވުން އުފެދުނު ކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ އެއްގޮތަކަށްވެސް ރަޝިޔާއާ ދެކޮޅަށް ނެގި ފިޔަވަޅެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ސުލްހަ. ހަމަ ޔަގީނުން ވެސް ތިޔަ ބޭފުޅުން ވެސް ބޭނުންފުޅުވާނީ އެގޮތް ކަމަށް އަޅުގަނޑަށް ޔަގީން،"

ރައީސް ނަޝީދު

ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ބަދަލުވަމުންދާ ޖިއޯޕޮލިޓިކަލް މާހައުލުގައި ޖެހެން ބޭނުން ނުވާ ކަމަށާއި، ރާއްޖެއިން އެ ޕޮޒިޝަން ނެގީ ކުޑަ ޤައުމެއްގެ ހައިސިއްޔަތުން އަބަދުވެސް ގެންގުޅޭ އުސޫލުގެ ދަށުން ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. 

މީގެއިތުރުން ރާއްޖެއަށް ރަޝިޔާއިން ކޮށްދެމުންދާ އެހީތެރިކަމާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ރަޝިޔާގެ ފަތުރުވެރިން ކުރަމުންދާ ޒިޔާރަތްތަކަކީ ރާއްޖެއިން ވަރަށް އަގުވަޒަންކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އަދި ރަޝިޔާގެ ރައީސް ޕުޓިންއަށާއި، ރަޝިޔާގެ ރައްޔިތުންނަށާއި، އެމްބެސެޑަރަށާއި އެ ބޭފުޅާގެ އާއިލާއަށް ރަމަޟާން މަހުގެ ތަހުނިޔާ ވެސް ވަނީ އަރިސްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ