މާލޭގެ ރަސްމީ ފާލަން އެކި ދުވަސްވަރު ހުރި ގޮތް
ރިޕޯޓް
01 Mar 2025 | 08:05
އަޅެ ބުނެބަލަ! ކޮން ފާލަމެއް އެންމެ ރީތި؟

ދިވެހީންގެ ވެރިރަށުގެ މަލަމަތި ރީތިކޮށްދޭ އެންމެ މުހިންމު އެއް ބިނާ އަކީ ރަސްމީ ފާލަމެވެ. ރަސްމީ ފާލަން ބެލެހެއްޓުމާއި, ރީތި ތަނެއްގެ ގޮތުގައި އެ ތަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރެވެ އެވެ.

އެކި ދުވަސްވަރު ރަސްމީ ފާލަމަށް ދިވެހީން އެކި ނަންނަމުން މުހާތަބުކޮށް އުޅުނެވެ. އެންމެ އާންމު ނަމަކީ "ރަސްމީ ފާލަން" މި ނަމެވެ. ބައެއް މީހުން ކިޔާގޮތުން އެއީ ރައީސްގެ ފާލަމެވެ. އެހެން ކިޔަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ ފާލަންކޮޅު ހާއްސަކޮށްފައި ވާތީ އެވެ.

އެހެން ގޮތަކުން ނަމަ އެއީ އެއް ނަންބަރު ފާލަމެވެ. ފަހުން ފާލަމަށް ވަކި ހާއްސަ ނަމެއް ކަނޑައެޅުނީ އެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ފާލަން އަލުން ހަދާ ހުޅުވީ، ޢިއްޒުއްދީން ފާލަމުގެ ގޮތުގަ އެވެ.

މިހާރު އިއްޒުއްދީން ފާލަން ހުރި ގޮތް: މި ގޮތް ގިނަ ބަޔަކަށް ވަރަށް ކަމުދޭ


ރައީސް ޔާމީންގެ ސަރުކާރުގައި އިއްޒުއްދީން ފާލަމަށް ގެނައީ ވެސް ހިތްގައިމު ބަދަލެކެވެ. ފާލަން ހަދާފައި ހުރީ، ރިޔާ ނެގި ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. މިއީ އޭރު ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ބަދަލަކަށްވި އެވެ. ފާލަން ހެދީ ސިފައިންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިއްޒުއްދީން ފާލަން ހުރި ގޮތް

ރައީސް ޔާމީންގެ ވެރިކަމުގައި ރަސްމީ ފާލަން މަރާމާތުކޮށް، އިއްޒުއްދީން ފާލަމުގެ ހުޅުވި ނަމަވެސް ދެން އައީ ފާލަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުނު ދުވަސްތަކެކެވެ.

އެކަމުގެ ސަބަބުން ފާލަމުގެ ރީތިކަން ވަރަށް ބޮޑަށް ގެއްލުނެވެ. އަދި ދަބަރަށް ވެ ފާލަން ވަރަށް ބޮޑަށް ހަލާކުވި އެވެ. ފާލަން މަރާމާތު ކުުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ފަށަން ނިންމި އެވެ. ނަމަވެސް އެ ދައުރުގެ ތެރޭގައި އެކަން ކުރެވޭ ގޮތް ނުވީ އެވެ.

މުހައްމަދު ފަރީދުގެ ރަސްކަމުގައި ރަސްމީ ފާލަން ހުރި ގޮތް

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތާއި އެންމެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން މުހައްމަދު ފަރީދު އަލްއައްވަލުގެ ދުވަސްވަރު ރަސްމީ ފާލަން ހުރީ ދާދި އެއްގޮތަށެވެ.

މާބޮޑު ތަފާތެއް ނެތެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަޑޭރިކިލެގެފާނުގެ ވެރިކަމުގައި ރަސްމީ ފާލަމަށް އިތުރު ބަދަލެއް ނުގެނެސް އެގޮތުގައި އޮތެވެ.

ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް

އޭގެ ފަހުން ރަސްމީ ފާލަމަށް ބޮޑު ބަދަލެއް ގެނައީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގަ އެވެ.

މިހާރުގެ ޒުވާނުންނަށް, އެ މީހުންގެ ޅަ ދުވަހުގެ އެންމެ ހާއްސަ އެއް ބިނާއެއްގެ ގޮތުގައި ވާނީ އެ ދުވަސްވަރުގެ ރަސްމީ ފާލަމެވެ. އެއީވެސް ވަރަށް ހިތްގައިމު ފާލަމެވެ. ރައީސް ފާލަމުގެ ގޮތުގައި ރަސްމީ ފާލަން މަޝްހޫރުވީ އެ ދުވަސްވަރު އެވެ.

އެއީ އޭރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާ ދައުލަތުގެ އެންމެ އިސްވެރީން ބޭނުން ކުރައްވާ ފާލަންކޮޅަށް ވުމުންނެވެ.

ރައީސް މައުމޫންގެ ދުވަސްވަރު ރަސްމީ ފާލަން ހުރި ގޮތް

މިހާރު ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އެ ހުރީ ރައީސް މައުމޫނާއި ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތާއި އެއްގޮތް ގޮތްތަކެއް ހިމަނާ ނަމަވެސް އިތުރު ފުރިހަަމަ ކަމާއެކު އެވެ.

ފާލަމުގެ ތަނބުތައް ފެންނަން ހުރީ ހިރިގަލުވަޑާމުގެ ފަރުމާތަކާ އެއްގޮތަށެވެ. ފުރާޅުގެ ބެރިތައް ތުނޑުކުނަލުގެ ގެތުންތައް ރަމްޒުކޮށްދޭ ގޮތަށެވެ.

މިހާރު އޮތް ބަހުސަކީ މިއީ އެވެ. އެންމެ ރީތި ފާލަމެއް ކަނޑައެޅުމުގައެވެ. އެހެންވިއްޔާ އަޅެ ނިކަން ބުނެބަލާށެވެ. މި ހުރިހާ ފާލަންތަކުގެ ތެރެއިން އެންމެ ރީތީ ކޮން ފާލަމެއްތޯއެވެ؟

ކޮމެންޓް
ޔޮންކޮ
ޔާމިން ފާލަން ރިވެތި
01 Mar 2025
މުހައްމަދު
ރައީސް މުއިޒުގެ ވެރިކަން ފިޔަވާ އެހެން ހުރިހާ ވެރިކަމެއްގެ ފާލަންތަށް މާރީތި
02 Mar 2025
ރައްޔިތުމީހާ
މިހާރު ހުރި ފާލަން ބޭނުމަށާއި ރީތިކަމަށް ބަލާއިރުވެސް ފުރިހަމަ ކަމަށް ބުނެވިދާނެ. ސާދަކަމަށް ބަލާނަމަ، އެންމެ ތިރީ ކަނާތްފަރާތު ކަނުން ފެންނަ ފާލަން.
03 Mar 2025
ސަކީ
ހުރިހާ ފާލަމެއް ވެސް ތަފާތެވެ. ރީއްޗެވެ.. ކޮންމެ ރައީސަކަށް ޚާއްޞަ ރަމްޒެކެވެ. ތިކަމުގައި ބަޙުޘެއް ނެތެވެ.
04 Mar 2025
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ