ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތުކޮށް އަލުން ހުޅުވުން: ފޮޓޯ/ އުރީދޫ
ވިޔަފާރި
03 Mar 2025 | 10:16
އުރީދޫއާ ޤަތަރު ޗެރިޓީގެ އެހީއާ އެކު ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތުކޮށް، އަލުން ހުޅުވައިފި

މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ބޮޑު މިސްކިތް) އާބާތުރަ ފިލުވުމަށް ފަހު އަލުން ހުޅުވައިފި އެވެ. 

ހުޅުމާލެ ބޮޑު މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަހު އަލުން ހުޅުވާފައި ވަނީ މިދިޔަ މަހު 27 ގަ އެވެ. މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައި ވަނީ އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެޗް.ޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގ އިސް އޮފިޝަލުންވެސް ބައިވެރިވިއެވެ. 

2006 ވަނަ އަހަރު ހުޅުވި ހުޅުމާލޭ ބޮޑު މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، އެ ތަނުން ޚިދުމަތްކުރާ މުޖުތަމަޢުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.

ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ، އެ ރަސްމިއްޔާތުގައި ވަނީ މި ޕްރޮޖެކްޓާ އެކު، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެކަމީ އުންމީދު ކަމަށް ވިދާޅުވެފަ އެވެ.

ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ، ގަތަރު ޗެރިޓީގައި އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައިނަމަވެސްމުޖުތަމަޢުތަކަށް ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.

”މި ޕްރޮޖެކްޓާއެކު، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން. އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީއިން ހުރީ ތައްޔާރަށް.“ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ. 

.

ކޮމެންޓް
ޢާލިޔާ
ޚ ކޮންތަނެއް މަރާމާތުކުރީ އެމިސްކިތުގެ ގުއްބުން އޮތީ ހަލާކުވެފައި ވިއްސާރަވެޖިއްޔާ އެމިސްކިތުގެ އެތެރޭގައި އޮންނަނީ ފެންގަޑު އެމިސްކިތުގެ އެތެރޭގެ ތަޅުމުގައިވާ އެކަންފެންނާނެ
03 Mar 2025
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.