ޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް) ގެ އިންޗާޖް، އެލޮން މަސްކް
ދުނިޔެ
03 Mar 2025 | 22:31
މަސްކް ކަނޑާލާ މުވައްޒަފުންނަށް އެމެރިކާގެ ސްޓޭޓްތަކުން ވަޒީފާ ދެނީ!

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން ވަޑައިގަތުމަށްފަހު އުފެއްދެވި ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް) އިން ކުރިއަށްގެންދާ މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވަކިކުރަމުންދާ ފެޑެރަލް ސަރުކާރުގެ މުވައްޒަފުންނަށް، އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތަކުން ވަޒީފާ ދޭން ފަށައިފިއެވެ.

ޑޯޖް ހިންގަމުންދަނީ ޓެސްލާ ކުންފުންޏާއި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގެ ވެރިޔާ، ބިލިއަނަރު އީލަން މަސްކް އެވެ. އެމެރިކާ ސަރުކާރުގެ ޑިޖިޓަލް ސަރވިސް އޮފީސް އަލުން ރީބްރޭންޑްކުރުމަށްފަހު އުފައްދާފައިވާ ޑޯޖް އިން ގެންދަނީ ގިނަ އަދަދެއްގެ ފެޑެރަލް ސަރުކާރުގެ މުވައްޒަފުންނަކީ ބޭކާރު ބައެއްކަމަށާއި، އެމީހުންނަކީ ޚަރަދު ބޮޑުކުރުމަށް ތިބި ބައެއްކަމަށް ބުނެ ކަނޑާލަމުންނެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް ކަނޑާލުމަށްފަހު، އެމީހުންގެ މުހިއްމުކަން ސަރުކާރަށް ވިސްނި، ބައެއް މީހުންނަށް އަނބުރާ ވަޒީފާ ދީފައިވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، ކަނޑާލި ގިނަ މުވައްޒަފުން ތިބީ ކުއްލިއަކަށް މަގުމަތިވެފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރުން ތިބި ބައެއް ސްޓޭޓްތަކުން މިހާރު ވަނީ މިފަދަ މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ. އެގޮތުން ނިއުޔޯކް ސްޓޭޓްގެ ސްޓޭޓް ސަރުކާރަށް ބޭނުންވާ 7000 އަށްވުރެ ގިނަ ވަޒީފާ އެބައޮތްކަމަށާއި، އެ ވަޒީފާތަކަށް މީހުން ނެގުމުގައި ފެޑެރަލް ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުންނަށް އިސްކަން ދޭނެކަމަށް ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޮޗުލް ވަނީ އިއުލާނުކުރައްވާފައެވެ. އަދި އެވަޒީފާތަކަށް މީހުންނަށް ކުރިމަތިލުމަށް ޕޯޓަލްއެއްވެސް ވަނީ ހުޅުވާލާފައެވެ.

ނިއުޔޯކް ސްޓޭޓްގައި ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރުންނާއި، ސިއްހީ ދާއިރާގެ ވަޒީފާތަކާއި، ޓީޗަރުން އަދި ޕަބްލިކް ޕޮލިސީ އެކްސްޕާޓުން ހިމެނެއެވެ. ގަވަރުނަރު ހޮޗުލް ވިދާޅުވީ އީލަން މަސްކް އާއި އޭނާ ގެންގުޅޭ ޓީމަށް ސަރުކާރެއް މަސައްކަތްކުރާ ގޮތެއް ނޭނގޭކަމަށާއި، ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތް ދޭ ގޮތެއްވެސް ނޭނގޭކަމަށެވެ.

ނިއުޔޯކްގެ އިތުރުން ވަރޖީނިއާ، މެރިލަންޑް އަދި ހަވައީ އިންވެސް މިފަދަ ފުރުސަތުތައް ވަނީ މިހާރު ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.