ޔޫއެސް ސައިބަރ ކޮމާންޑް... ފޮޓޯ: އޭއެފްޕީ
ދުނިޔެ
05 Mar 2025 | 11:18
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ހިންގާ ސައިބަރ އޮޕަރޭޝަންސް ހުއްޓާލައިފި

ރަޝިޔާއާ ދެކޮޅަށް އެމެރިކާ އަސްކަރިއްޔާގެ ސައިބަރ އޮޕަރޭޝަންސް ކޮމާންޑުން ހިންގަމުންދާ އޮޕަރޭޝަންސް ހުއްޓާލުމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ނިންމަވައިފިއެވެ.

އެމެރިކާއިން ޒަމާނުއްސުރެ ރަޝިޔާއާމެދު ގެންގުޅެމުން އައި ސިޔާސަތު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި ބޮޑުތަކުން ބަދަލުވަމުން އަންނައިރު، އެމެރިކާގެ އަސްކަރިއްޔާގެ މި ނިންމުމަކީ އެގޮތަށް އެކަން ނުކުރުމަށް ތަޖުރިބާކާރުން ބުނަމުން ދަނިކޮށް ނިންމި ނިންމުމެކެވެ. އެމެރިކާގެ ސައިބަރ ކޮމާންޑުން ރަޝިޔާއާ ދެކޮޅަށް ހިންގާ ސައިބަރ އޮޕަރޭޝަންސް ހުއްޓާލިނަމަވެސް، އެފް.ބީ.އައި، ސީ.އައި.އޭ އަދި ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ އެޖެންސީއިން ހިންގަމުންދާ އޮޕަރޭޝަންތަކަށް މި ނިންމުމުގެ އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް، ޖުމްލަކޮށް ހުރިހާ އިދާރާތަކުން ޑިޖިޓަލް އަދި ސައިބަރ ޙަމަލާތަކާ ދެކޮޅަށް ކުރާ މަސައްކަތް މަދުކުރުމަށް ޓްރަމްޕް ސަރުކާރުން ވަނީ ނިންމާފައެވެ.

ރަޝިޔާއާ ދެކޮޅަށް ހިންގާ ސައބަރ އޮޕަރޭޝަންތައް ހުއްޓާލުމަށް އެމެރިކާއިން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ. މިއީ ރަޝިޔާއާ ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން ނިންމި ނިންމުމެއްކަންވެސް ކަށަވަރު އަދި ނުވާކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.