ޚައިބަރުޕަޝްތުންޚުވާ ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި ޒަހަމްވި ބަޔަކު ފަރުވާ ހޯދަނީ.. ފޮޓޯ: އޭޕީ
ދުނިޔެ
05 Mar 2025 | 21:55
ޕާކިސްތާނުގެ އަސްކަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު އުތުރު ޚައިބަރުޕަޝްތުންޚުވާ ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދެމީހަކު ހަށިގަނޑު ގޮއްވާލައިގެން ދިން ޙަމަލާއެއްގައި 12 މީހަކު މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބައްނޫގައި ހުންނަ މި އަސްކަރީ މަރުކަޒުގެ ބޭރު ފާރުގެ ސެކިއުރިޓީ ފޫއަޅުވާލައި އެތެރެއަށް ވަދެ ދިން ޙަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ސީދާ އަދަދާއި ބެހޭ ގޮތުން ފުށުއެރުންތަކެއް އެބަހުއްޓެވެ. ޙަމަލާގައި ބައިވެރިވެފައިވަނީ ޕާކިސްތާން ޠާލިބާނުންގެ 2 މީހުންނެވެ. ޠާލިބާނުންނާއި ގުޅުން އޮންނަ ޖަމާޢަތަކުން ވަނީ ހަމަލާގެ ޒިންމާ ނަގައި، ޙަމަލާގައި ޕާކސްތާނު ސިފައިންގެ ގިނަ ބަޔަކު މަރާލެވިފައިވާ ކަމަށް ބުނެފައެވެ.

ސިފައިންގެ ބައެއް މަސްދަރުތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނީ ހަށިގަނޑު ގޮއްވާލި ދެމީހުންގެ އިތުރުންވެސް އެހެން ބައެއް މީހުން މި ހަމަލާގައި ބައިވެރިވި ކަމަށާއި، އޭގެތެރެއިން 5 ނޫނީ 6 މީހަކު މަރާލެވިފާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޯދަ ވީއްލުމަށް އެންމެން ގެއަށް ދިޔަފަހުންނެވެ.

މިއީ ރޯދަ މަސް ފެށުނުފަހުން މިހާތަނަށް ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ދިން މިފަދަ 3 ވަނަ ޙަމަލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.