ސައުތުހެމްޓަން އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން
09 Mar 2025 | 06:57
ސައުތުހެމްޓަން އަތުން މޮޅުވެ ލިވަޕޫލުން އެއްވަނާގައި 16 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލް އެއްވަނާގައި 16 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފައިވާއިރު، ސައުތުހެމްޓަން އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން އެޓީމު ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުނަ ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުތުހެމްޓަން އިންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ވިލިއަމްސް ސްމޯލްބޯން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އެޓީމުނަ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑާވިން ނުނޭޒް އެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ސަލާހު ވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ސަލާހު އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 29 މެޗުގައި އޭނާ ކާމިޔާބުކުރި 27 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލަ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން ލިވަޕޫލަށް 70  ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ އިތުރަށް އެއްމެޗު ކުޅެ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ލީގުތާވަލުގެ އެއްވަނާގައެވެ. އަދި މިމެޗުން ބަލިވި ސައުތުހެމްޓަން ލީގުގައި ކުޅުނު 28 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.