ނިހާޔަތު،
ހަބަރު
12 Mar 2025 | 14:39
ވާދައެއް ނެތް، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން އެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

އޭސީސީން ޖިނާއީ ތަހުގީގެއް ފެށުމާއެކު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ހުސްނުއްސޫއުދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މައްސަލަ ބަލަަން ފެށުމުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނުފޫޒު ފޯރުވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.

ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް އޮތީ ހުޅުވާލާފަ އެވެ. އެ މުއްދަތު ހަމަވީ މިއަދު ހެނދުނު 11 ޖެހިއިރު އެވެ. އެނގިފައިވާ ގޮތުގައި ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ. އެކަމަނާ ވަނީ ހައިކޯޓްގެ ފަނޑިޔާރު ކަމަށް ވެސް ކުރީން ކުރިމަތިލައްވާފަ އެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ހުޅުވާލުމުން ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ ދެ ފަހަރުވެސް އެ މަގާމަށް ހޮވިވަޑައިގެންފަ އެއް ނުވެ އެވެ.

އެންމެ ފަހުން ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލްގެ މަގާމުގަ އެވެ. އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ