މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ... ފޮޓޯ: މަޖިލީހުގެ އިދާރާ
12 Mar 2025 | 22:55
ޖަނަވާރުން ރައްކާތެރިކުރުމާބެހޭ ބިލް، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ "ޖަނަވާރުން ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް، އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ މި ބިލާމެދު އެއްވެސް ފަރާތެއްގެ ހިޔާލެއް އޮތްނަމަ، އެކަން މާރޗްމަހުގެ 27 ވާ ބްރާސްފަތިދުވަހުގެ 12:00 ގެ ކުރިން އެކަން ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މެއިލް ނުވަތަ ލިޔުމުން ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

'ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު' މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަދުވަހުއެވެ. ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް، މަޖިލީހަށް ހުށަހަޅާފައިވާ މި ބިލް ބަލައިގަތުމަށް 43 މެމްބަރަކު ވޯޓުދެއްވިއެވެ. 

މި ބިލުގައިވާގޮތުން، ބިލު ގާނޫނަކަށްވުމުން، ގާނޫނު ހިންގޭނީ ދިރޭ ޖަނަވާރުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ޖަނަވާރުގެ މައްޗަށެވެ. 

1) އެއްގަމުގައި ދިރިއުޅޭ ޖަނަވާރު

2) ދޫނިސޫފާސޫފި

3) އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރު

މި ބިލުގައިވަނީ ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނެ އަސާސީ ޝަރުތުތަކެއް ކަނޑައަޅައި ބަޔާންކޮށްފައެވެ. އެއީ:

- އެ ޖަނަވާރަކީ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން

- އެ ޖަނަވާރު އެތެރެކުރަނީ އިމްޕޯޓުކުރަން ހުއްދަކުރާ ބޭނުމަކަށް ކަމުގައިވުން

- އެ ޖަނަވާރު އެތެރެކުރަނީ ގާނޫނު ހުއްދަކުރާ ޚާއްސަ ބޭނުމަކަށް ކަމުގައިވުން

އަދި ހަމަ އެހެންމެ ރާއްޖެއަށް އެތެރެ ކުރުމަށް ޚާއްސަ ހުއްދައެއް ނަގަންޖެހޭ ޖަނަވާރު ތަކުގެ ތަފްސީލްވެސް ބިކުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް

1) އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. 

2) ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.

3) ބިލުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރާއްޖެއަށް ޖަނަވާރު އެތެރެކޮށް، ނުވަތަ ރާއްޖެއިން ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.

4) ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

5) ބިލުގައި އަދަބު ކަނޑައަޅާފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

ކޮމެންޓް
ސައްލޭ
ޖުރުމާނާ ކުޑަ ކުރޭ
13 Mar 2025
އަބުދުއްލޯ
އަހަރެމެން އިންސާނުން ހިމާޔަތް ނުކޮށް އެހެން ވަލު ޖަނަވާރާ ދޫނިސޫފާސޫފި ހިމާޔަތް ކުރަން ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއްނޫން.
13 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.