މި އަހަރު ހައްޖާއި އުމްރާާއަށް ފުރުސަތު ލިބުނު މުވައްޒިފުން
13 Mar 2025 | 17:02
ސްޓެލްކޯގެ މުވައްޒިފުންގެ ތެރެއިން ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒިފުން ހޮވައިފި

ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވާލުމުން ހައްޖުގެ އަޅުކަން އަދާކުރުމަށް 102 މުވައްޒަފަކު ހުށައެޅި ކަމަށެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުސަތަށް އެދި 218 މުވައްޒަފަކު ކުރިމަތިލި އެވެ. ހައްޖުގެ އަޅުކަމަށް ޝަރުތުހަމަވީ 84 މުވައްޒިފުންނެވެ. އުމްރާގެ އަޅުކަމަށް 215 މުވައްޒިފުންނެވެ.

ގުރުނެގީ މި މުވައްޒިފުންގެ މެދުގައެވެ.

2023 ވަނަ އަހަރާއި ހަަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައިވަނީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ

• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ

• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ

• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ސްޓެލްކޯ އިން ބުނީ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުނީގެ ހިދުމަތުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.