ނައިފަރު "ފެމިލީ" އާއިލާގެ ފަހުރުވެރި ތިން ހާފިޒުން
ރިޕޯޓް
14 Mar 2025 | 13:31
ނައިފަރު "ފެމިލީ" އާއިލާ އުފަލުން: ޒުވާން ތިން ހާފިޒުން، ކޮންފަދަ ޝަރަފެއް

ފާދިއްޕޮޅު ނައިފަރު, އަބަދުވެސް ފާހަގަކުރެވެނީ ތައުލީމަށް ބޮޑު އިސްކަމެއްދޭ ތައުލީމީ ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. އެއީ ހޭލުންތެރި, ދީނީ ކަންކަމަށް ވަރަށް ފަރުވާތެރި ރައްޔިތަކު ނިސްބަތްވާ ރަށެކެވެ. ރަށުގެ ބައެއް އާއިލާތަކުގައި ތައުލީމީ މީހުން ވަރަށް ގިނަ އެވެ. ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުންނެވެ.

ނައިފަރަކީ ވަރަށް ގިނަ ދީނީ އިލްމުވެރީންވެސް އެ ރަށަކަށް ނިސްބަތްވާ ރަށެކެވެ. ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އިލްމުވެރީންގެ ތެރޭގައި ނައިފަރަށް ނިސްބަތްވާ އިލްމުވެރީން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ރަށުގައި ގާއިމުވެ ތިއްބެވީ ނައިފަރުގައި ދީނީ ތައުލީމު ފެތުރުމަށެވެ. ދީނީ ގޮތުން ހޭލުންތެރި ރައްޔިތަކު ބިނާކުރުމަށެވެ.

އެ ބޭފުޅުންގެ މަސައްކަތުން ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.

މި ފަހުން ނައިފަރުގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ އެ ރަށުން އުފެދެމުންދާ ޒުވާން ހާފިޒުންގެ ސަބަބުންނެވެ. އެ ފަޚުރުވެރި މަސައްކަތް މި ފަހަރު ފެށުނީ ނައިފަރު, ހުވަނދުމާގެ އައްޝައިހް / ހާފިޒް އަހްމަދު ނާޒިލްގެ ޤުރުއާން ކިލާހުންނެވެ.

މަދީނާގައި ކިޔަވަން ހުންނެވި ދުވަސްވަރު ޤުރުއާން ހިތުދަސް ކުރައްވާ ހާފިޒަކަށް ވެވަޑައިގެންފައިވާ ޝެއިހް ނާޒިލްގެ ހިތްޕުޅުގައި ހާފިޒުން އުފެއްދުމަށް އޮތީ އާދަޔާ ހިލާފު ބޮޑު ޝައުގުވެރިކަމަކާ ލޯތްބެކެވެ. ޝައުގުވެރިކަމާއި އެހާމެ ބޮޑު ލޯތްބަކާއެކު ފެށި އެ މަަސައްކަތުގެ ނަތީޖާ ފެންނަން ފެށީ ވަރަށް އަވަހަށެވެ. އެއީ އިތުރު ހިތްވަރަކާއެކު އެ މަސައްކަތުގައި ދެމި ހުރުމަށް ޝެެއިހް ނާޒިލަށް ލިބިފައިވާ ފުރުސަތެވެ.

ޝެއިހް ނާޒިލްގެ ގުރުއާން ކިލާހުން އެންމެ ފަހުން ހިފުޒުކޮށް ނިންމީ ނައިފަރު އާޒް, ޢާރިޝް އަބްދުﷲ އިބްރާހިމެވެ. ޢާރިޝް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރީ އުމުރުން އެންމެ 15 އަހަރުގަ އެވެ.

ޢާރިޝްގެ މި ކާމިޔާބާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ އޭނާގެ އާއިލާއަށެވެ. އެ ރަށު "ފެމިލީ" އާއިލާއަށެވެ. އެއީ އެ އާއިލާގެ ތިންވަނަ ހާފިޒެވެ. ޢާރިޝްގެ ކުރީން އަބްދުﷲ ޒަކުވާން މުހައްމަދު ރިކުޒާން އާއި އާއިޝަތު ޞާއިބަތު މުހައްމަދު ރިކުޒާން ވަނީ ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފަ އެވެ.

ޒަކުވާން އަދި ޟާއިބަތުއާއެކު އެ ކުދީންގެ އުސްތާޛު، ޝެއިހް ނާޒިލް

ޒަކުވާން އާއި ޞާއިބަތު އަކީ އެއްބަނޑު އެއްބަފާ ދެ ކުދީންނެވެ. މި ތިން ކުދީންނަކީ ވެސް "ފެމިލީ" އާއިލާގެ އިސް ބޭފުޅުން ކަމަށްވާ އަބްދުލްގަފޫރު ޒަކަރިއްޔާ އާއި އައިޝަތު ހަނަފީއަށް ކާފަ ކިޔާ ކުދީންނެވެ.

ޒަކުވާން ގުރުއާން ހިތުދަސްކޮށް ހާފިޒަކަށްވީ އުމުރުން އެންމެ 13 އަހަރުގަ އެވެ. ޞާއިބަތު ގުރުއާން ހިތުދަސްކޮށް ހާފިޒަކަށްވީ އުމުރުން އެންމެ 16 އަހަރުގަ އެވެ. އާއިލާގެ ފުރަތަމަ ހާފިޒަކީ ޞާއިބަތު އެވެ. ޞާއިބަތު އިމްތިހާނުން ފާސްވީ އެއްވަނަ ދަރަޖާގަ އެވެ. އިމްތިހާނު ނިމި ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާީ އޯގަސްޓް, 10 2024 ގަ އެވެ. އޭގެ ދެ މަހެއްހާ ދުވަސް ފަހުން ނޮވެންބަރު 9, 2024 ގައި އިމްތިހާނު ނިމި ހާފިޒު ކަމުގެ ސަނަދު ޒަކްވާން ހާސިލުކުރި އެވެ. ޒަކްވާން ވެސް ފާސްވީ އެއްވަނަ ދަރަޖާގަ އެވެ.

ޒުވާން މި ތިން ހާފިޒުންނާއެކު "ފެމިލީ" އާއިލާއަށް ލިބިފައިވަނީ ބޮޑު އުފަލެކެވެ. އެ އާއިލާގެ އުންމީދަކީ އަދިވެސް އިތުުރު ހާފިޒުން އެ އާއިލާއިން އުފެދިގެން ދިއުމެވެ.

އިފްތިތާހުގެ ދަރިވަރުންގެ ތެރެއިން ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފައިވާ ދަރިވަރުން

ޢާރިޝް އަކީ ޝެއިހް ނާޒިލްގެ ޤުރުއާން ކިލާހުން ހިފްޒުކޮށް ނިންމި ހަތަރުވަނަ ދަރިވަރެވެ. ޝެއިހް ވިދާޅުވި ގޮތުގައި އިތުރު 8 ދަރިވަރަކު މި އަހަރު ހިފްޒުކޮށް ނިމޭނެ އެވެ.

އެއާއެކު ނައިފަރަކީ ގުރުއާން ހިތުދަސް ޒުވާނުން އެންމެ ގިނަ އެެއް ރަށަށް ވެގެން ދާނެ އެވެ.

ހާފިޒުން ގިނަވެ ނައިފަރު ފަސްގަނޑަށް މި ލިބޭ ޝަރަފަކީ މުޅި ރަށަށް ލިބޭ ޝަރަފެެކެވެ. އެކަން ނައިފަރު ކައުންސިލުން ފާހަގަ ކުރެ އެވެ. މި ދަރިވަރުން ނިސްބަތްވާ, މަދަރުސަތުލް އިފްތިތާހުން އެކަން ކުލަގަދަ ކޮށް ފާހަަގަ ކުރެ އެވެ. ކޮންމެ ދަރިވަރަކު ހާފިޒު ކަމުގެ ސަނަދު ހާސިލުކޮށް ރަށަށް އައުމުން ހޫނު މަރުހަބާއެއް ކިޔަ އެވެ. ރަށުގެ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ އެ ދަރިވަރަށް އިސްތިގުބާލު ކުރެ އެވެ.

ހާފިޒުންނަށް ޚާއްސަ ތާޖު: ކޮންމެ ދަރިވަރަކަށް ނައިފަރުން ކިޔަނީ ހޫނު މަރުހަބާ އެއް

ރަށަށް ބޮޑު އުފަލެއް ލިބުމުގެ އުފާފާޅުކުރެ އެވެ. ރަތްދޫލައިން މަރުހަބާ ކިޔަ އެވެ. ޚާއްސަ ތާޖެއް އަޅުވަ އެވެ. ސުކޫލުގައި ހާއްސަ އެސެމްްބްލީއެއްގައި އެކަން ފާހަގަ ކުރެ އެވެ. މި ހުރިހާ ސަބަބަކާ އެކު މި މަސައްކަތުގައި ދެމި ހުރުމަށް ޝެއިހް ނާޒިލަށް ވަރަށް ބޮޑު ހިތްވަރެއް ލިބެ އެވެ.

ކޮމެންޓް
މުހައްމަދު
ޥަރަށް އުފާވެރި Khabareh.
15 Mar 2025
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.