އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ހަބަރު
14 Mar 2025 | 16:02
ފާޑުކިޔުންތަކަށް ފައްޔާޒުގެ ރައްދު: މި ގައުމުގެ ހައްގުގައި އެމްޑީޕީން އަޑު އުފުލާނެ.

މި ގައުމުގެ ހައްގުގައި އެމްޑީޕީން އަޑު އުފުލާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނުން ނެެެރުނު ބަޔާނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރައްދު ދެއްވައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރީން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުން ދަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުގެ ތެރެއިން އިހަކަށް ރޭ އޮތް މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ވަނީ ރައީސް މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކަވާފަ އެވެ.

ސިޔާސީ ކަންކަމުގެ ތެރޭގައި ކުޑަކުދީންގެ ކަރާމާތަށް އަރައިނުގަތުމަށް އިލްތިމާސްކޮށް އިލެކްޝަންސް ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނުން ރޭ ވަނީ ބަޔާން ނެރެފަ އެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ރި-ޕޯސްޓް ކުރައްވާ ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެތައް ރައްޔިތުންނެއްގެ ހައްގުތަކަށް އަރައިގަނެއްޖެ ކަމަށާ އެތައް ބައެއްގެ އެތައް ހައްގެއް ނިގުޅައިގެންފި ކަމަށެވެ.

‏އަދި އެ ހައްގުތައް ހޯދަން ދާނެ އެއްވެސް މަހުކަމާއެއް މިހާރު މި ގައުމަކު ނެތް ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް އެކަން ކޮށްދޭނެ މުއައްސަސާއެއް، ކޮމިޝަނެއް ނެތް ކަމަށާ އަބަދުވެސް ހައްގު ހޯދަން ނުކުންނަ މީހުންނަށް، ބާރުވެރިކަމުގައި ފުދިގެން ތިބޭ މީހުން ފުރައްސާރަ ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

‏”ދައުލަތް ހިންގަން ތިބި މީހުންގެ ޖަރީމާތައް ފޮރުވަން ބައިހަދާފަ ނުކުމެ ފުރައްސާރަ ކުރިޔަސް އެމްޑީޕީ މެންބަރުން ފަހަތަށް ޖެހުމެއް ނެތް،” އެމްޑީޕީގެ އެކްޓިސްޓުގެ ވާހަކަތައް ދިފާއު ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.

‏ފައްޔާޒު ވަނީ މި ގައުމުގެ ހައްގުގައި އެމްޑީޕީން އަޑު އުފުލާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް މައުސޫމް ކުޑަކުދީންގެ ނަން ގެނެސް އެކުދީންގެ ކަރާމާތަށް އަރައިގަތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ކުށްވެރި ކުރަމުންނެވެ.

ކޮމެންޓް
ރަޝީދު
އެމްޑީޕީން އަޑުއުފުލާއިރު ކަލޭކޮންތާކު؟ ކަލޭކޮބާ؟
14 Mar 2025
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.