މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025
ކުޅިވަރު
14 Mar 2025 | 17:35
17 ޓީމާއެކު މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025 ފަށައިފި

ފިއޮންޓީ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދާ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގެ ކުޅުން ބުރާސްފަތި ދުވަހުގެ ރޭ ފަށައިފިއެވެ.

މުބާރާތުގައި ރޭ އަށް މެޗު ކުޅުނުއިރު، ޖޫނިއަރ ޑިވިޝަންގެ ދަބޯލްޓް އާއި އެޓޭކާސް ވާދަކުރި މެޗު 4-5 ގެ ނަތީޖާއަކުން އެޓޭކާސް ކާމިޔާބުކުރިއިރު، ހައި ފްލަޔަރސް އާއި ޝޫޓާސް ވާދަކުރި މެޗު 4-9 ނަތީޖާއަކުން ކާމިޔާބުކުރީ ހައި ފްލަޔަރސް އެވެ. އަދި ސީނިއަރ ޑިވިޝަންގައި ފައިޓާރސް އާއި ވޯރިއާރސް ވާދަކުރި މެޗު 7-5 ގެ ނަތީޖާއަކުން ފައިޓާރސް ކާމިޔާބުކުރުއިރު، ސްވިފްޓް ސްޓާރސް އާއި ފަލްކަންސް ވާދަކުރި މެޗު 4-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވިފްޓް ސްޓާރސް އެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ހަތަރު މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ނިއު އެޓޭކާސް އާއި ކުއީންސް ވާދަކުރި މެޗު 15-5 ގެ ނަތީޖާއަކުން ނިއު އެޓޭކާސް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ނެޓާރސް އާއި ފާސްޓް ފައިވް ވާދަކުރި މެޗު 16-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފާސްޓް ފައިވް އެވެ. އަދި ޑްރަގަންސް އާއި ލޮރެންސޯ ވާދަކުރި މެޗު 1-14 ގެ ނަތީޖައަކުން ޑްރަގަންސް ކާމިޔާބުކުރިއިރު، ނިއު އެޓޭކާސްގެ ދެވަނަ މެޗުގައި ޑީއެޗްއޭއެޗް އެސްސީ އާއި ވާދަކޮށް 17-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔަބުކުރީ ނިއު އެޓޭކާސް އެވެ.

13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖޫނިއާ ފަސް ޓީމައި ސީނިއަރ ފަސް ޓީމުގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރާ ހަތް ޓީމެވެ.

މުބާރާތުގެ ތިން ކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ޖުނިއާރ އަދި ސީނިއަރ ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭއިރު، އޯޕަން ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅުމަށްފަހު ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ޣއޒ
މައިލޯ ބޮއިކޮޱް ކުރަން ޖެހޭ.
14 Mar 2025
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.