މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025
ކުޅިވަރު
15 Mar 2025 | 15:27
ބޯލްޓް އަދި ޝޫޓާރސް ދެވަނަ މެޗުން މޮޅުވިއިރު، ޕަވާ ޕަފްސް ފެށުން ރަނގަޅެއް ނުވި

މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުތަކުން ދަބޯލްޓް އަދި އެޓޭކާސް މަޮޅުވިއިރު، މުބާރާތުގައި ޕަވާ ޕަފްސް ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ. 

މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅުނުއިރު، ޖޫނިއަރ ޑިވިޝަންގެ ދަބޯލްޓް އާއި ޕަވާ ޕަފްސް ވާދަކުރި މެޗު 4-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދަބޯލްޓް އިން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދިއިރު، މުބާރާތުގައި ޝޫޓާސް ކުޅުނު ދެވަނަ މެޗުގައި އެޓީމުން ވަނީ 5-3 ގެ ނަތީޖާއަކުން އެޓޭކާސް ބަލިކޮށްފައެވެ 

މުބާރާތުގެ ސީނިއަރ ޑިވިޝަންގައި ރޭ ފައިޓާރސް އާއި ނިންޖާސް ވާދަކުރި މެޗު 6-5 ގެ ނަތީޖާއަކުން ނިންްޖާސް ކާމިޔާބުކުރުއިރު، ސްވިފްޓް ސްޓާރސް އާއި ވޯރިއާސް ވާދަކުރި މެޗު ފަސޭހަކަމާއެކު 2-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވިފްޓް ސްޓާރސް އެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ނެޓާސް އާއި ކުއީންސް ވާދަކުރި މެޗު 14-9 ގެ ނަތީޖާއަކުން ކުއީންސް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ޑްރަގަންސް އާއި ފާސްޓް ފައިވް ވާދަކުރި މެޗު 14-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑްރަގަންސް އެވެ. އަދި ޑީއެޗްއޭއެޗް އެސްސީ އާއި ލޮރެންސޯ ވާދަކުރި މެޗު 10-9 ގެ ނަތީޖައަކުން ޑީއެޗްއޭއެޗް އެސްސީ ކާމިޔާބުކުރިއިރު، މުބާރާތުގައި ނެޓް އެޓޭކާސް ކުޅުނު ތިންވަނަ މެޗުގައި ނެޓާސް އާއި ވާދަކޮށް 21-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ނެޓް އެޓޭކާސް އިން ވަނީ ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. 

13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖޫނިއާ ފަސް ޓީމައި ސީނިއަރ ފަސް ޓީމުގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރާ ހަތް ޓީމެވެ....

މުބާރާތުގެ ތިން ކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ޖުނިއާރ އަދި ސީނިއަރ ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭއިރު، އޯޕަން ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅުމަށްފަހު ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ