އެފްއޭއެމްގެ އެކްޓްރާއޯޑިނަރީ ކޮންގްރެސްގެ ތެރެއިން..
ކުޅިވަރު
16 Mar 2025 | 07:56
އެފްއޭއެމްގެ ކޮމިޓީތައް ހޮވައި އޮޑިޓް ފާމު ކަނޑައަޅައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކޮމިޓީތައް އެކުލަވާލައި މިދިޔަ ދެ އަހަރުގެ ހިސާބުތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައަޅައިފިއެވެ. 

ހެންވޭރި މީރުމާ ހޮޓެލްގައި ރޭ ބޭއްވި އެފްއޭއެމްގެ ކޮންގްރެސް ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބުކަމަށްވާ ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގްރީން ސްޓްރީޓް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބުރު ސްޕޯޓްސް އިން ބޮއިކޮޓްކުރި ނަމަވެސް އެކުލަބުތަކާއި ނުލައި ކޯރަމް ހަމަކޮށް ކޮންގްރެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކްލަބްތަކުގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވީ ކްލަބް ވެލެންސިއާ، މާޒިޔާ އަދި ޓީސީ އެވެ. އަދި ކްލަބު ޕީކޭ އިން ކޮންގްރެސް ބޮއިކޮޓް ކުރާނެ ކަމަށް ކުރިން އަޑު ފެތުރި ނަމަވެސް ކްލަބުން ވަނީ ކޮންގްރެސް އަށް ހާޒިރުވެފައެވެ.

އެފްއޭއެމް އޮޑިޓް ކުރަން ދެފަރާތަކުން ޕްރަޕޯސަލް ހުށަހެޅިއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރިން ވެސް އެ އެސޯސިއޭޝަންގެ އޮޑިޓްގެ މަސައްކަތް ކުރި އެމްއެޗްޕީއޭގެ އިތުރުން ޕްރޫޑެންޓް ޗާޓާޑް އިންނެވެ. އަދި އޭގެ ތެރެއިން އެމްއެޗްޕީއޭ އިން ހުށަހެޅީ 2023 ގެ އޮޑިޓް 62,640ރ. އަގަކަށް ކޮށްދިނުމަށެވެ.

ނަމަވެސް ޕްރޫޑެންޓް ޗާޓާޑް އިން ހުށަހެޅީ 2023 އަދި 2024 ގެ އޮޑިޓްގެ މަސައްކަތް ޖުމުލަ 88,650ރ. އަގަކަށް ކޮށްދިނުމަށެވެ. އަދި ދެ ޕްރަޕޯސަލް އަށް ބެލުމަށް ފަހު އެންމެ ރަނގަޅު ޕްރަޕޯސަލްއެއްގެ ގޮތުގައި ޕްރޫޑެންޓް ޗާޓާޑްގެ ޕްރަޕޯސަލް ޝޯޓްލިސްޓްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެ ނަން ކޮންގްރެސް އަށް ހުށަހެކުމުން ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުން އެ ފާމަށް ވަނީ ރުހުން ދިނެވެ.

އެފްއޭއެމްގެ އެޕީލްސް ކޮމިޓީއަށް ހޮވުނު މެންބަރުނަކީ މުހައްމަދު ޝަފާޒް ވަޖީހް، އަހްމަދު ނާޒިމް މުހައްމަދު, އަޒީނާ ޢަބްދުލް މަތީން އަދި މުހައްމަދު ޒައީމް އެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީއަށް ހޮވުނު މެންބަރުނަކީ މުއައްވިޒު ރަޝީދު، މުޙައްމަދު ސަމާހް، ހުސައިން ރަޝީދު، އިސްމާއީލް ޒުމައިލް ރަޝީދު އަދި ބައްސާމް ރަޝީދު އެވެ.

މީގެ އިތުރުން އެފްއޭއެމްގެ އެތިކްސް ކޮމީޓީއަށް ހޮވުނު މެންބަރުނަކީ މުހައްމަދު އިބްރާހިމް، އުމަރު މަމްދޫހް އަދި އާއިޝަތު ރިއުޝާނާ އެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.