މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025
ކުޅިވަރު
16 Mar 2025 | 10:21
ސްވިފްޓް ސްޓަރސް އާއި ފައިޓާސް އެއްވަރުވިއިރު، ފަލްކަންސް އަތުން ނިންޖާސްއަށް ފަސޭހަ މޮޅެއް

މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގައި ހޮނިހިރު ދުވަހުގެ ރޭ ސްވިފްޓް ސްޓަރސް އާއި ފައިޓާސް ވާދަކުރި މެޗު އެއްވަރުވިއިރު، ފަލްކަންސް އަތުން ނިންޖާސް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅުނުއިރު، ސީނިއަރ ޑިވިޝަންގައި ސްވިފްޓް ސްޓާސް އާއި ފައިޓާސް ވާދަކުރި މެޗު 10-10 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ފަލްކަންސް އަތުން ނިންޖާސް މޮޅުވީ ފަސޭހަކަމާއެކު 14-9 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ ދަބޯލްޓް އާއި ޝޫޓާސް ވާދަކުރި މެޗު 1-3 ގެ ނަތީޖާއަކުން ޝޫޓާސް ކާމިޔާބުކުރިއިރު، ހައި ފްލަޔާސް އިން ވަނީ 8-1 ގެ ނަތީޖާއަކުން ޕަވާ ޕަފްސް ބަލިކޮށްފައެވެ.

މީގެ އިތުރުން މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ލޮރެންސޯ އާއި ނެޓް އެޓޭކާސް ވާދަކުރި މެޗު 17-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނެޓް އެޓޭކާސް އެވެ. އަދި ދެވަނަ މެޗުގައި ކުއީންސް އާއި ފާސްޓް ފައިވް ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 8-10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފާސްޓް ފައިވް އިންނެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ނެޓާސް އާއި ޑްރަގަންސް ވާދަކުރި މެޗު ފަސޭހަކަމާއެކު 4-16 ގެ ތަފާތުބޮޑު ނަތީޖާއަކުން ޑްރަގަންސް ކާމިޔާބުކުރިއިރު, ފަހު މެޗުގައި ފާސްޓް ފައިވް އިން ވަނީ 19-9 ގެ ނަތީޖާއަކުން ޑީއެޗްއޭއެޗް އެސްސީ ބަލިކޮށްފައެވެ.

13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖޫނިއާ ފަސް ޓީމައި ސީނިއަރ ފަސް ޓީމުގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރާ ހަތް ޓީމެވެ....

މުބާރާތުގެ ތިން ކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ޖުނިއާރ އަދި ސީނިއަރ ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭއިރު، އޯޕަން ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅުމަށްފަހު ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ