ސަލަފުގެ އިވެންޓެއްގައި ޖަމިއްޔާގެ އިސް ބޭފުޅުން
ހަބަރު
16 Mar 2025 | 14:37
ކޮބާ ތައްޔާރު! ސަލަފުގެ ރޯދަ ހަދިޔާ އިވެންޓް މިރޭ، 101 އިނާމު ދޭނެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ "ސަލަފު ރޯދަ ހަދިޔާ" ހަރަކާތް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ޙަރަކާތް ކުރީން ބާއްވަން އޮތީ ރޯދަ މަހުގެ ކުރީންނެވެ. ނަމަވެސް އެ ހަރަކާތް ބާއްވަން އޮތް ރޭ މޫސުން ގޯސްވެ ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.

ސަލަފުން ބުނީ އެ ހަރަކާތް މިރޭ ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މި އިވެންޓް އޮންނާނީ މިރޭ 9:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓް ގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް 101 އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ އިވެންޓް ގައި ދެވޭ 101 އިނާމުގެ ތެރޭގައި އަގުހުރި ތަފާތު އެތައް އިނާމެއް ވެއެވެ. އެލިއާއިން ހަދިޔާކޮށްފައިވާ ސައިކަލަކާއި، އެސްޓީއޯ އިންހަދިޔާކޮށްފައިވާ ފުރިޖަކާއި އަވަނަކާއި ބްލެންޑަރއަކާއި، އެލްވަން ހާޑްވެއާ އިން ހަދިޔާކޮށްފައިވާ ދޮންނަ މެޝިނަކަށާއި، ޢުމުރާ ދަތުރަކާއި، އިސާހުއަޙްމަދުޑޮޓްކޮމް އިން ހަދިޔާކޮށްފައިވާ ލެޕްޓޮޕަކާއި، މެރިން އިކުއިޕްމަންޓްސް އިންހަދިޔާކޮށްފައިވާ 12 ހާސް ބީޓީޔޫގެ އެއާކޯން އަކާއި، ރެޑްވޭވުން ހަދިޔާކޮށްފައިވާސޯފާއަކާއި، ފަރުމާ ފަރުނީޗަރސް އިން ހަދިޔާކޮށްފައިވާ އެނދެއް ހިމެނެއެވެ.

މި ހަރަކާތަށް ހާޒިރުވާ މީހުންނަށް ދެވޭ 101 އިނާމުގެ އިތުރުން، އޮންލައިންކޮށް މި ހަރަކާތް ބަލާ މީހުންނަށް ހާއްސަ އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޙަރަކާތުގައި ބައިވެރިވެ، ރޯދަމަހާގުޅޭ ދީނީ މަޢުލޫމާތުތައް މުއްސަނދިކޮށްލުމަކީ ޖަމްޢިއްޔަތުއްސަލަފުގެ އެދުމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި ހަރަކާތުގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރަމަޟާންމަހަށް ދީނީ ތަފާތު އެކިޙަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ރަމަޟާންމަހަށް ޚާއްސަ ދަރުސްތަކާއި، ވޯކްޝޮޕްތަކާއި، ޓީވީޕްރޮގްރާމްތައް ހިމެނެއެވެ. އަދި ރޯދަމަހުގެ ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގްރާމްތަކާއި، ހޮސްޕިޓަލްތަކުގައި ތިބޭ ބަލިމީހުންނަށާއި އެހީތެރިންނަށާއި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ރޯދަ ވިއްލުމަށްދޭ ހަދިޔާ ދިނުމުގެ ހަރަކާތް ދަނީ ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.