މިދިޔަ އަހަރުގެ މުބާރާތުން އެއްވަނަ ހޯދި ދަރިވަރު
ހަބަރު
16 Mar 2025 | 16:10
މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން އިންތިޒާމުކުރާ ޤުރުއާން މުބާރާތް މި އަހަރުވެސް، ކޮންމެ ބައިވެރިއަކަށް އިނާމެއް

މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން އިންތިޒާމުކުރާ ޤުރުއާން މުބާރާތް މި އަހަރު ވެސް ބޭއްވުމަށް ނިންމައިފި އެވެ.

މި މުބާރާތަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. ބޭނުމަކީ ކުޑަކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި މުއިވެޔޮ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި ގުޅުން ބަދަހި ކުރުމެވެ.

މި މުބާރާތް ރާވާ ހިންގަނީ އެ ސަރަހައްދުގައި ވިޔަފާރި ހިންގާ "ދޫނި ފިހާރަ" އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

މި އަހަރުގެ މުބާރާތަށް ވެސް މިހާރު އޮތީ ހުޅުވާލާފަ އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ 27 ވަނަ ދުވަހު އެވެ.

މުބާރާތް ކުރިއަށް ގެންދަނީ 6 އަހަރުން ދަށް 9 އަހަރުން ދަށް އަދި 12 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށެވެ.

ދޫނި ފިހާރައިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށެވެ. މުބާރާތާއި ގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓަރުތައް އެ ސަރަހައްދު ގައި ވަނީ ހިއްޕާފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

އެ ޕޯސްޓަރުތަކުގައިވާ ކިއުއާރު ކޯޑް ސްކޭން ކޮށްލުމުން މުބާރާތުގައި ބައިވެރިވުމުގެ ފޯމް ފެންނާނެ އެވެ. އެ ފޯމް ފުރިހަަމަ ކުރުމަށް ފަހު ހުށައެޅުމަށް ވަނީ އެދިފަ އެވެ.

މިދިޔަ އަހަރު މި މުބާރާތް ވަނީ ވަރަށް ކާމިޔާބު ކަމާއކެު ބާއްވާފަ އެވެ. މުބާރާތުގެ އެއްވަނަ އަށް އައި ދަރިވަރަށް 10,000 ރުފިޔާ ދީފައިވެ އެވެ. ދެވަނަ ދަރިވަރަށް 7,500 އަދި ތިންވަނަ ދަރިވަރަށް 5,000 ރުފިޔާ ވަނީ ދީފަ އެވެ.

މުބާރާތަށް އިނާމު ހުށައެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މިދިޔަ އަހަރު މުބާރާތުން އެއްވަނަ ހޯދި ދަރިވަރު

އިންތިޒާމު ކުރާ ފަރާތުން ބުނި ގޮތުގައި މި އަހަރުވެސް މުބާރާތުން ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް ބޮޑެތި ފައިސާގެ އިނާމު ހުށައަޅާނެ އެވެ. ނަމަވެސް އެ އަދަދު އަދި ކަނޑައެއް ނާޅަ އެވެ. މި މުބާރާތަށް މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން ހިމެނޭ ވަރަށް ގިނަ އާއިލާތަކާއި ވިޔަފާރިވެރީން އިނާމު ހުށައަޅަ އެވެ.

އެ ހުރިހާ އިނާމުތަކަށް ބެލުމަށް ފަހު ވަނަވަނައަށް އަންނަ ބައިވެރީންނަށް އިނާމު ކަނޑައަޅާނެ ކަމަށް ބުންޏެވެ.

"ކުރީ އަހަރަށް ވުރެ ކުޑައެއް ނުވާނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ ޓާގެޓަކީ އަހަރުން އަހަރަށް އިނާމު ބޮޑުކުރުން," މުބާރާތް އިންތިޒާމު ކުުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ އަހަރު މުބާރާތުން ވަނަ ލިބުނު ދަރިވަރެއް ޓްރޮފީއާއެކު

ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. މުޅި މުބާރާތުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ.    

މީގެ އިތުރުން މުބާރާތުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް އިނާާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ކިޔަވާ ނިމުމުން ކޮންމެ ދަރިވަރަކަށް ވެސް އިނާމު ދޭނެ އެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރާ ރޭ ވެސް ކޮންމެ ދަރިވަރަކަށް ޚާއްސަ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން ދިރިއުޅޭ އާއިލާތަކުގެ ބަދަހިކަމަށް އެ ސަރަހައްދުގައި އިސްކޮށް އުޅޭ މީހުން ވަރަށް ގިނަ ހަރަކާތްތައް ރާވާ ހިންގަ އެވެ. އެއީ ވަރަށް އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ނަމޫނާ ސަރަހައްދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.