ޗިލްޑްރަންސް އޮމްބަޑްސްޕާސަން
ހަބަރު
16 Mar 2025 | 19:56
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލުމާއި އެ ވާހަކަތައް ޓީވީން ދެއްކުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ކުށްވެރި ކޮަށްފި

އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާ ވާހަކަ ދެއްކުމާއި އެ ވާހަކަތައް ޓީވީން ޗެނެލަކުން ވަގުތުން ދެއްކި ދެއްކުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ކުށްވެރި ކޮަށްފި އެވެ.

އެ އޮފީހުން ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރި ކޮށްފަ އެވެ.

އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް ދައްކާފައެވެ. އެ ވާހަކަތައް ރާއްޖެޓީވީން ވަނީ ބްރޯޑްކާސްޓް ކޮށްފަ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނީ ކުޑަކުދީންނަކީ ހާއްސަ ރައްކާތެެރިކަމެއް ލިބެން ޖެހޭ ބައެއްކަން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމުން އެފަދައިން އަމަލުކުރުމަކީ ދިވެހި މުޖްތަމައުގެ ދިރިއުޅޭ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

އެ އޮފީހުން ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމާއި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާތީ އެކަން ކުށްވެރި ކޮށްފަ އެވެ.

“ކުޑަކުދީންނާއިމެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެކުދީންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ ނަފްސާނީ ގޮތުން އެ ކުދީންނަށް ބޮޑެތި އަސަރުތަައް ތަހަންމަލު ކުރުވާ ފަދަ ކަންކަމެވެ،”
އެހެން ކަމުން އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމު ކުރުމަށް ގޮވާލާފައިވެ އެވެ.

މި މައްސަލަ ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާ އެކަން ގާތުން ބަލަމުންދާނެ ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުންޏެވެ.

މަންދީގެ ވާހަކަތައް ވަރަށް ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.