ފެލިވަރު ކާރުޚާނާގައި ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: މިފްކޯ
ހަބަރު
17 Mar 2025 | 09:23
ހުޅުމާލޭގައި އަޅާ މަސް ބަންދުކުރާ ފެސިލިޓީއަށް ލޯން ހަމަޖެހި އިދާރީ މަސައްކަތް ދަނީ ކުރިއަށް: މިފްކޯ

އައިއެސްޑީބީގެ ލޯނުގެ ދަށުން ކަނޑުއޮތްގިރީގައި ހެދުމަށް ހަމަޖެހިފައިވާ މަސް ޕްރޮސެސްކުރާ ފެސިލިޓީ ހުޅުމާލޭގައި ހެދުމަށް ހަމަޖެހި، އޭގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފިއެވެ. 

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ހަމަޖެހިފައިވާ 65 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ކަނޑުއޮތްގިރީގައި ހެދުމަށް ނިންމާފައި އޮތީ 35 ޓަނުގެ މަސް ޕްރޮސެސްކުރާ ޔުނިޓެކެވެ. 

މި މަޝްރޫއުގެ މުއާމަލާތްތައް ފެށިގެން އައިއިރު، މި ދެންނެވުނު ފެސިލިޓީ ކަނޑުއޮތްގިރީގައި ހެދުމަށް ހަމަޖެހިފައިވީނަމަވެސް، ކެބިނެޓްގެ ނިންމެވުމަކާއެކު މިފްކޯއިން ނިންމީ ހުޅުމާލެއިން ބިމެއް ލިބޭގޮތަށް ކަނޑުއޮތްގިރި ދޫކޮށްލާށެވެ. އަދި ކެބިނެޓްގެ ނިންމެވުމާ އެއްގޮތަށް، ފިޝަރީޒް މިނިސްޓްރީގެ އެހީއާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ މިފްކޯއަށް މި ފެސިލިޓީ ގާއިމްކުރަން ބިމެއް ހަމަޖައްސާފައި ކަމަށް މިފްކޯއިން ބުނެފައިވެއެވެ. 

އެހެންކަމުން މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ، ކަނޑުއޮތްގިރީގައި "ކުރެހި" މަސް ޕްރޮސެސް ޔުނިޓުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ލޮޖިސްޓިކުގެ ފަސޭހަކަމާއެކު އެކްސްޕޯޓް ކުރެވޭ ސަރަހައްދެއް ކަމުގައިވާ ހުޅުމާލޭގައި ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު މިފްކޯއިން ބުނީ މަސްބަންދުކުރާތަން އެޅުމަށް ލޯނު ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ ފެސިލިޓީން ފަސޭހަކަމާއެކު މަސް ޕްރޮސެސް ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުންކަމަށްވެސް މިފްކޯއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.