މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025
ކުޅިވަރު
17 Mar 2025 | 15:25
ހައި ފްލަޔާސް އަތުން ބޮލްޓްސް ބަލިވިއިރު، އެޓޭކާސް އިން ޕަވާ ޕަފްސް ބަލިކޮށްފި

މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގައި އާދިއްތަ ދުވަހުގެ ރޭ ކުޅެވުނު މެޗުތަކަށްފަހު ދަ ބޮލްޓްސް އަދި ޕަވާ ޕަފްސް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ރޭ ވެސް އަށް މެޗު ކުޅެފައިވާއިރު، ޖޫނިއަރ ޑިވިޝަންގެ ފުރަތަމަ މެޗުގައި ދަ ބޯލްޓް އާއި ހައި ފްލަޔާސް ވާދަކުރި މެޗު 5-4 ގެ ނަތީޖާއަކުން ހައި ފްލަޔާސް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި އެޓޭކަސް އިން ވަނީ ފްލަޔާސް އިން ވަނީ 3-2 ގެ ނަތީޖާއަކުން ޕަވާ ޕަފްސް ބަލިކޮށްފައެވެ.

މުބާރާތުގެ ސީނިއަރ ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ފަލްކަންސް އާއި ފައިޓާސް މެޗު 6-9 ގެ ނަތީޖާއަކުން ފައިޓާސް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ވޯރިއާސް އަތުން ނިންޖާސް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 10-8 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މުބާރާތުގެ އޯޕަން ކެޓަގެރީގައި ރޭ ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ކުއީންސް އާއި ޑީއެޗްއޭއެޗް އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 14-4 ގެ ނަތީޖާއަކުން ކުއީން ކާމިޔާބުކުރިއިރު، ނެޓް އެޓޭކާސް އާއި ފާސްޓް ފައިވް ވާދަކުރި ފޯރިގަދަ މެޗު 18-23 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނެޓް އެޓޭކާސް އެވެ.

އޯޕަން ކެޓަގެރީގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ނެޓާސް އަތުން 9-6 ގެ ނަތީޖާއަކުން ލޮރެންސޯ ބަލިވިއިރު، ފަހު މެޗުގައި ޑްރަގަންސް އިން ވަނީ 9-14 ގެ ނަތީޖާއަކުން ކުއީންސް ބަލިކޮށްފައެވެ.

13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖޫނިއާ ފަސް ޓީމައި ސީނިއަރ ފަސް ޓީމުގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރާ ހަތް ޓީމެވެ.

މުބާރާތުގެ ތިން ކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ޖުނިއާރ އަދި ސީނިއަރ ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭއިރު، އޯޕަން ކެޓަގެރީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅުމަށްފަހު ލީގުބުރުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ