ދަ ޑިމޮކްރެޓްސްގެ އަންހެނުންގެ ލީޑަރު ހަމްދާ މުހައްމަދު
ހަބަރު
17 Mar 2025 | 16:32
ދަރިންނާއި އާއިލާއާއި ބެހޭނަމަ އެއަށް އެކަށޭނަ ފިޔަވަޅު އަޅަންޖެހޭ، އެކަން ނޯމަލް ކަމަކަށް ހަދަން ނޫޅޭ: ހަމްދާ

ދަރިންނާއި އާއިލާއާއި ބެހޭނަމަ އެއަށް އެކަށޭނަ ފިޔަވަޅު އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ އަންހެނުންގެ ލީޑަރު ހަމްދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހަމްދާ މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޒުވާން ސިޔާސީ ޝަހުސިއްޔަތުންގެ ތެރެއިން އާންމުންގެ ތެރޭގައި ސަމާލުކަން ހޯދާފައިވާ ހަމްދާ ވިދާޅުވި ގޮތުގައި ފަހަތަށް ފިޔަވަޅު އެޅެމުން ގޮސް ބޯކޮޅުވަތަށް ވެއްޓެންދާއިރުވެސް ރަނގަޅާއި ނުބަޔަކީވެސް ސިޔާސީ މޭރުމުން ނޫނީ މިނޭ ކަމަކަށް ނުވާ ކަމަށެވެ.

ދެން އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގައި މިވަގުތު ދެކެވޭ އެންމެ މުހިންމު މައްސަލަތަކާއި ގުޅޭ ވާހަކަތަކެވެ. ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ, ނޫސްވެރިކަމަށް ބިރު ދެއްކި ކަމަށް ބުނާ ވާހަކަ އަކީ ތެދެއްބަމަ އެއީ ނޫސްވެރިކަމަށް އައި އިތުރު ގޮންޖެހުމެއް ކަމަށާ އެއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އަނެއްކޮޅުން ޒަމާނުއްސުރެ ސިޔާސީ މީހުނާއި އާއިލާތަކަށް ބަސްބުނެ ހަދައޭ އެކަންކަން "ބޯމަތިންދުއްވާލާށޭ" ބުނެ ނޯމަލައިޒް ކުރަން އުޅެން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދަރިންނާއި އާއިލާއާއި ބެހޭނަމަ އެއަށް އެކަށޭނަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"މަގުމަތީގައި ހިޔާލުފާޅުކޮށް، މުޒާހަރާކޮށް މަދަނީ ބަސްނޭހުން ފަދަކަންކަމުގައި އުޅޭ އަންހެނުންނަށް ޓާގެޓުކޮށް ކަޅުތެޔޮ ޖަހާފައިދާ މީހަކާއި މެދު ފިޔަވަޅު ނޭޅި ދޫކުރެވިގެން ނުވާނެ. މިފަދައިން ބިރުދެއްކުމާއި އަނިޔާވެރިވުން ހުއްޓުވަން އަހަރެމެން މިކުރާހާ މަސައްކަތް، އެއީ އޮޕޮޒިޝަން އޭ ކިޔާފަ އަޅާނުލާނީ ބާ," ހަމްދާ ސުވާލު ކޮށްފައިވެ އެވެ.

ކޮމެންޓް
ރިޝްމާ
އަޅުގަނޑު ވެސް އިންސާފް ބޭނުން..
17 Mar 2025
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.