ޑަބްލިއުޕީޖީއެން ޕްލެޓްފޯމް އިފްތިތާޙު ކުރުން
ހަބަރު
17 Mar 2025 | 17:18
ވިމެން އެންޑް ޑިމޮކްރަސީއަށް 10 އަހަރު، އަންހެނުން ބާރުވެރިކުރުވުމަށް އާ ޕްލެޓްފޯމެއް އުފައްދައިފި

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް ބާރުވެރިކުރުވާ ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް މަސައްކަތް ކުރާ ވިމެން އެންޑް ޑިމޮކްރަސީން އާ ޕްލެޓްފޯމެއް ލޯންޗުކޮށްފި އެވެ.

ވިމެން އެންޑް ޑިމޮކްރަސީ އަކީ މީގެ 10 އަހަރު ކުރީން އުފައްދާފައިވާ އެންޖީއޯ އެކެވެ. މިދިޔަ 10 އަހަރުތެރޭ އެ ޖަމިއްޔާ އިން ވަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް ބާރުވެރިކުރުވާ ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ހާއްސަކޮށް ކޮންމެ ލޯކަލް ކައުންސިލް އިންތިހާބަކާ ދިމާކޮށް ސިޔާސީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށް ދެ އެވެ. އެންމެ ފަހުން އޮތް ކައުންސިލް އިންތިހާބާ ދިމާކޮށްވެސް 350 އަންހެން ކެންޑިޑޭޓުން ޓްރެއިން ކޮށްފައިވެ އެވެ.

ޑަބްލިއުޕީޖީއެން ޕްލެޓްފޯމް އިފްތިތާޙު ކުރުން

ވިމެން އެންޑް ޑިމޮކްރަސީ އަށް 10 އަހަރު ވުމާއި ދިމާކޮށް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގައި އެ ޖަމިއްޔާ އިން މިހާރު ވަނީ ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށްފަ އެވެ. 
"ވިމެން ޕިއާ ގްރޫޕް ނެޓްވޯކް" ނަމުގައި އުފެއްދި މި ޕްލެޓްފޯމް މެދުވެރިކޮށް ސިޔާސީ ދާއިރާއަށް ވަންނަ ޝައުގުވެރިވާ އަންހެނުންނާއި އިންތިހާބީ މަގާމުތަކަށް ޝައުގުވެރިވާ އަންހެނުންނަށް ފުރުސަތު ހޯދާދޭން މަސައްކަތް ކުރާނެ އެވެ.

ޑަބްލިއުޕީޖީއެން ޕްލެޓްފޯމް އިފްތިތާޙު ކުރުން

އެގޮތުން ކައުންސިލް އިންތިހާބުގެ ކުރީން މި ފަހަރު ވެސް މެންޓާޝިޕް ޕްްރަގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ތަފާތު ގުރޫޕްތައް އުފައްދައިގެން ހިންގާ މި ޕްރަގްރާމްގައި ސިޔާސީ އެކި ޕާޓީތަކުގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ބޭފުޅުން އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް ކުރިއަށް ދެވޭނެ ގޮތްތައް ކިޔައިދޭނެ އެވެ.

ޑަބްލިއުޕީޖީއެން ޕްލެޓްފޯމް އިފްތިތާޙު ކުރުން

ޑަބްލިއުޕީޖީއެން ޕްލެޓްފޯމްގައި ސިޔާސީ ހުރިހާ ފިކުރެެއްގެ ބޭފުޅުން ހަރަކާތްތެރިވީ ނަމަވެސް މިއީ ވަކި ސިޔާސީ ވިސްނުމެއް ގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ނޫނެވެ. އޭގެ ބަދަލުގައި އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ދިމާވާ ހުރިހާ ކަމެއްގައި އެކުގައި މަސައްކަތްކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

އަދި ސިޔާސީ ދާއިރާއަށް އަންހެނުން ނެރެދީ އެ މީހުންނަށް ހިތްވަރު ދޭ ޕްލެޓްފޯމަކަށް ވާނެ އެވެ.

ޑަބްލިއުޕީޖީއެން ޕްލެޓްފޯމް އިފްތިތާޙު ކުރުން

މި ޕްލެޓްފޯމް މެދުވެރިކޮށް ވަރުގަދަ ސަޕޯޓް ސިސްޓަމެއް ގާއިމުކޮށް ކެޕޭސިޓީ ބިލްޑިން އެންޑް ސްކިލް ޑިވެލޮޕްމަންޓް އިތުރުކުރެވޭނެ އެވެ. ސޯޝަލް މީޑިއާގެ ވަސީލަތައް މެދުވެރިކޮށާއި އެ ނޫން ގޮތްގޮތުން އަންހެނުންނަށް ކުރެވޭ ފުރައްސާރައާ ދެކޮޅު ހަދާ އެކަންކަމާއި ގުޅިގެން ކުރިމަތިލާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.