"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު
ހަބަރު
17 Mar 2025 | 20:14
"ސަލަފު ރޯދަ ހަދިޔާ" އިވެންޓަށް ބޮޑު ތަރުހީބެއް، ތިންލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދިޔަ "ސަލަފު ރޯދަ ހަދިޔާ" ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ޙަރަކާތް ކުރީން ބާއްވަން އޮތީ ރޯދަ މަހުގެ ކުރީންނެވެ. ނަމަވެސް އެ ހަރަކާތް ބާއްވަން އޮތް ރޭ މޫސުން ގޯސްވެ ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ. އެ ހަރަކާތް ރޭ ވަނީ ބާއްވާފަ އެވެ.

ސެންޓްރަލް ޕާކުގައި އޮތް އެ ހަރަކާތުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އާންމުންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އެ ހަރަކާތަށް އޮތެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު

ރޭ އޮތް އިވެންޓް ގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް 101 އިނާމު ދީފައިވެ އެވެ. އޮންލައިން ކޮށް ބައިވެރިވި މީހުންގެ ތެރެއިން 10 މީހަކަށް ވެސް ވަނީ ފައިސާގެ އިނާމު ދީފަ އެވެ.

ވަރަށް އަގުބޮޑެތި އިނާމުތައް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އެލިއާއިން ހަދިޔާކޮށްފައިވާ ސައިކަލަކާއި، ޖަމިއްޔަތުލްސަަލަފުން ހުށައަޅާ ޢުމުރާ ދަތުރަކާއި، އެސްޓީއޯ އިން ހަދިޔާކޮށްފައިވާ ފުރިޖަކާއި އަވަނަކާއި ބްލެންޑަރއަކާއި، އެލްވަން ހާޑްވެއާ އިން ހަދިޔާކޮށްފައިވާ ދޮންނަ މެޝިނަކަށާއި، އިސާހުއަޙްމަދުޑޮޓްކޮމް އިން ހަދިޔާކޮށްފައިވާ ލެޕްޓޮޕަކާއި، މެރިން އިކުއިޕްމަންޓްސް އިންހަދިޔާކޮށްފައިވާ 12 ހާސް ބީޓީޔޫގެ އެއާކޯން އަކާއި، ރެޑްވޭވުން ހަދިޔާކޮށްފައިވާސޯފާއަކާއި، ފަރުމާ ފަރުނީޗަރސް އިން ހަދިޔާކޮށްފައިވާ އެނދެއް ހިމެނެ އެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: ވަރަށް އަގުހުރި އިނާމުތައް ދީފައިވޭ 

ރޭ އޮތް އެ ހަރަކާތުގައި ބައިވެރިވި ކޮންމެ މީހަކަށް ކޫޕަނެއް ދިނެވެ. ތިންހާހެއްހާ ކޫޕަން ދޫކުރި އެވެ.

އެ ހުރިހާ ކޫޕަންތައް ހިމަނައިގެން ވަނީ ގުރުނަގާފަ އެވެ. ސަލަފުން ބުނި ގޮތުގައި ހުރިހާ އިނާމުތަކެއްގެ އަގު ތިން ލައްކައަށް ވުރެ އިތުރުވާނެ އެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: ރޭގެ އިވެންޓްގައި ޚާއްސަ ފޯރަމެއް ވެސް އޮތް

ރޭގެ ފޯރަމްގައި އެންމެ ޚާއްސަ އިނާމެއްގެ ގޮތުގައި އޮތީ ރޯދައާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ފޯރަމެވެ.

މި ފޯރަމްގައި ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް އާއި ޖަމިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ވަކީލް އައްޝައިހް އަބްދުއް ސަލާމް ދާޢޫދު ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު

ޖަމިއްޔަތުއްސަލަފުން ވަނީ އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކޮށްފަ އެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެގޮތުން އެލިއާ އިންވެސްޓްމަންޓާއި އެސްޓީއޯ އާއި ފަރުމާ ފަރުނީޗަރާއި މެރީން އިކުއިޕްމަންޓާއި އިޝްއަހްމަދުޑޮޓްކޮމް އާއި އެލްވަން ހާޑްވެއާ އާއި ރެޑްވޭވް އިން ދިން އެހީތެރިކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ރޭގެ ހަރަކާތް ކުރިއަށް ގެންދިއުމުގައި އެޗްޑީސީއާ ޔޫން އަދި ހެޔޮބިންގާ އާއި ހިޖުރަގެ އިތުރުން ސަލަފު އެއިޑާއި ދިވެހި ޖީޕީޑީ އަދި ދާރިސް ޓީވީގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކޮށްފައިވެ އެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު

ސަލަފުގެ މިފަދަ ކޮންމެ ހަރަކާތަަށް އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ބަހައްޓާ ޝައުގުވެރިކަން ފާހަގަކޮށް ވެސް އެ ޖަމިއްޔާ އިން ވަނީ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ރޭގެ އެ ހަރަކާތް ސަލަފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް 25 ހާހަށް ވުރެ ގިނަ މީހުން ބަލާފައިވެ އެވެ. އަދި އޮންލައިން ކޮށް ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ ބަޔަކު އެޕްލިކޭޝަނަށް ފޮނުވާފައިވެ އެވެ.

"ސަލަފު ރޯދަ ހަދިޔާ" އިވެންޓް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު

ސަލަފަކީ ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރާ ޖަމިއްޔާ އެވެ. ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ގިނަ އިލްމުވެރީން ނިސްބަތްވާ އެ ޖަމިއްޔާ އިން ކޮންމެ ރަމަޟާން މަހަކަށް ޚާއްސަކޮށް ގިނަ ޕްރަގްރާމްތަކެއް ހިންގަ އެވެ.

އެގޮތުން "ވާބިލް" ގެ ނަމުގައި ހިންގާ ޕްރަގްރާމާއި "ހަދާޔާ" ނަމުގައި ހިންގާ ޕްރަގްރާމް ފާާހަގަކޮށްލެވެ އެވެ. "ވާބިލް" އަކީ ދަތިހާލުގައި އުޅޭ 100 އާއިލާއަށް މުޅި ރޯދަ މަހު ކާބޯތަކެތީގެ އެހީތެރިވެދޭ ޕްރަގްރާމެކެވެ. "ވާބިލް" ޕްރަގްރާމަކީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނާއި އެހީތެރިންނާއި ހޮސްޕިޓަލްތަކުގައި ޑިއުޓީ ކުރާ މުވައްޒިފުންނަށް ރޯދަ ވީއްލުން ދިނުމަށް ކޮންމެ ދުވަހަކު ހިންގާ ޕްރަގްރާމެކެވެ.

މީގެ އިތުރުން މާލެއާ ހުޅުމާލޭގައި އަދި އަތޮޅުތެރޭގައި ކޮންމެ ދުވަހަކު ދަރުސްތައް ބާއްވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.