ޝެއިހް އިސްޙާޤު
ހަބަރު
18 Mar 2025 | 00:53
މިޞްރުގެ ޙަދީޘު ޢިލްމުވެރިޔާ އަބޫ އިސްޙާޤު އަލްޙުވައިނީ އަވަހާރަވެއްޖެ

މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ ކަމުގައިވާ އަބޫ އިސްޙާޤް އަލްޙުވައިނީ މިރޭ އަވަހާރަވެއްޖެ އެވެ.

މިސްރަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްޙާޤު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ކަމަށް އާއިލާއާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

އަވަހާރަވީ އުމުރުފުޅުން 68 އަހަރުގަ އެވެ.

ޝެއިހް އިސްޙާޤަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ އެވެ. އައްޝައިޚް އަބޫ އިސްޙާޤުލްޙުވައިނީ އުފަންވެ ވަޑައިގެންނެވީ މީލާދ ސަނަތުން 1956 ވަަނަ އަހަރު މިޞްރުގެ ހުވައީން ކިޔާ ސަހަރަށެވެ.

އިސްލާމީ ތަޢުލީމުގެ ތެރެއަށް ވަދެ ވަޑައިގެންނެވި 1975 ގެފަހުއެެވެ

ޝެއިޚް އަލްޙުވައިނީ އުސްތާޛުންގެ ތެރޭގައި މުޙައްމަދު ނަޖީބު އަލްމުޠީޢީ އާއި ޢަބްދުލް ޙަމީދު އަލްމިޝްކު ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން އައްޝައިޚް އަލްބާނީ އާއި އިބް ބާޒާ އާއި އިބްނުލް ޢުޘައިމީން ފަދަ ފަހުގެ ބޮޑެތި ޢިލްމުވެރިންނާާއި ބައްދަލުކުރެއްވިއެވެ .

އައްޝައިޚް އަބޫ އިސްޙާޤުލްޙުވައިނީ ގެ އަސްލު ނަށް ފުޅަކީ ޙަޖާޒީ ބުން މުޙައްމަދު ބުން ޔޫސުފް ބުން ޝަރީފު އަލްޙުވައިނީ އަލް މިޞްރީއެވެ

ކޮމެންޓް
މަހްމޫދު
ކީރިތި الله އަބޫ އިސްޙާޤް ހުވައިނީ ގެ ފާފަފުއްސަވައި ޖަންނަތުލް ފިރުދައުސުގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
18 Mar 2025
މަހްމޫދު ސާލިޙް
ކީރިތި الله މަރްޙޫމް އަބޫ އިސްޙާޤު އަލް ޙުމައިނީހެ ފާފަތައް ފުއްސަވައި ދެއްވައި ޖަންނަތުލް ފިރުދައުސުގެ މަތިވެރި ނިޢުމަތް މިންވަރު ކޮށް ދެއްވާށިއެވެ.
18 Mar 2025
މަހްމޫދު
ކީރިތި الله އަބޫ އިސްޙާޤް ހުވައިނީ ގެ ފާފަފުއްސަވައި ޖަންނަތުލް ފިރުދައުސުގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
18 Mar 2025
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.