މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
18 Mar 2025 | 13:24
ލޯނުތަކުގެ ވާހަކައާއެކު މާލިއްޔަތު ކޮމިޓީ ހޫނުވެ، އެންމެފަހުން ކޮމިޓީ ނިންމާލައިފި!

މިދިޔަ ސަރުކާރުން ނެގި ލޯނުތަކުގެ ވާހަކަ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުން ދެއްކުމާއި ގުޅިގެން، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުޅިގަދަވެ އުފެދުނު ޒުވާބާއެކު މިއަދުގެ މާލިއްޔަތު ކޮމިތީގެ ބައްދަލުވުން ނިންމާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ކުރިއަށްގެންގޮސްފައިވަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް،ޑަބްލިޔު،އެސް،ސީ) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ މުދަލާއި ޚިދުމަތާގުޅޭ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި ގެންގުޅެމުންދާ އުސޫލްތަކާ ގުޅޭގޮތުން މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ވާހަކަދައްކާފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ޔޫޓިއުބުން ލައިވްކުރި ނަމަވެސް ބައްދަލުވުމުގައި މެމްބަރުން ވާހަކަދައްކަމުދިޔަ ގިނަ ވަގުތުތަކުގައި ހުރީ އަޑު ކަނޑާލާފައެވެ. މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވީ މާލިއްޔަތު ޤާނޫނުގައި ލާޒިމްކުރާ ފަދައިން ލޯނުތައް ނަގަންޖެހޭނީ އެ ލޯނެއް ދެއްކުމުގެ ޔަގީންކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ. ޝަމްހީދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކައަށް މިހާރު ދިމާވެގެން އުޅެނީ މި މައްސަލަ ކަމަށާއި، އެކުންފުނިން ނުދެއްކޭވަރަށް ދަރަނީގެ މައްސަލަ ބޮޑުވެފައިވާކަމަށެވެ. 

ޝަމްހީދުގެ އެ ވާހަކަތަކަށްފަހު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނިމިގެންދިޔަ ސަރުކާރުގައި ނެގި ދަރަނީގެ ވާހަކަތައް ދައްކަން ފެށުމާއެކު އިދިކޮޅު މެމްބަރުން ވަނީ ނެގި ލޯނުތަކުގެ ތަފްސީލުތައް ދެއްކުމަށް އެދިފައެވެ. އެންމެފަހުން މާލިއްޔަތު ކޮމިޓީ ހޫނުވެ، ކޮމިޓީ ބެލެހެއްޓެވި ނައިބު މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުނެގި ލޯނުތަކުގެ ތަފްސީލްތައް ދެން އޮންނަ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރަން ނިންމައި ބައްދަލުވުން ނިންމަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.