ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސާ އައިޝަތު އަލައިކާ އަދުނާން
ހަބަރު
18 Mar 2025 | 16:47
ސިޔާސީ ކަންކަމުގައި ޅަދަރީންގެ ކަރާމާތަށް އަރައިގަތުމަކީ ލާއިންސާނީ އަމަލެއް، އެކަން ދިފާއުކުރަން ބަހަނާއެއް ނުދެއްކޭނެ: އަލައިކާ

ސިޔާސީ ކަންކަމުގައި ޅަދަރީންގެ ކަރާމާތަށް އަރައިގަތުމަކީ ލާއިންސާނީ އަމަލެއް ކަމަށާ އެފަދަ ވާހަކަތައް ދިފާއުކުރަން ދައްކާނެ ބަހަނާއެއް ނޯންނާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސާ އާޝިޔަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެފަދަ ޕޯސްޓެއް އަލައިކުރާ ކުރެއްވިއިރު އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ ރައީސް މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ބުހުތާނު ދޮގުތަކެއް ފަތުރާ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފަ އެވެ. އެކަން ދިފާއު ކުރަން އެމްޑީޕީގެ ބައެއް ވެެރީން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.

އަލައިކާ ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގައި އެންމެންގެ ވިސްނުމާއި ފިކުރު އެއްގޮތް ނުވެދާނެ އެވެ. އަދި ގައުމަށްޓަކައި އެ ބަޔަކު ގަބޫލުކުރާ ސިޔާސަތުތަކާއި ނިންމުންތަކާއި ކުރާ ތަސައްވުރާމެދު ޖަދަލުކޮށް ބަހުސްތައް ކުރެވޭނެ އެވެ. އެހެން ނަމަވެސް ސިޔާސީ ކަންކަމުގައިވެސް ހައްދުތަކަކާއި މިންތަކެއް އަދި ހުރަސް ނުކުރެވޭނެ ރޮނގުތަކެއް ހުންނާނެ ކަމަށް އަލައިކާ ވިދާޅުވި އެވެ.

އެގޮތުން ކުށެއްނެތް މީހުންނަށާއު ސިޔާސީ ކަންކަމުގައި އެއްވެސް ދައުރެއް ނެތް ކުދީންނާއި އާއިލާތަކަށް ފުރައްސާރަކޮށް ކަރާމާތަށް އަރައިގަތުމަކީ އެ ރޮނގު ހުރަސް ކުރުން ކަމަށް ވިދާޅުވި އެވެ.

އަލައިކާ ވިދާޅުވީ ސިޔާސީ ކަންކަމުގެ ނަމުގައި މީހުންގެ އަމިއްލަ ޒާތީ ދިރިއުޅުމާ ބެހި ކުށެއް ނެތް ކުދީންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާ އެފަދަ އާއިލާތަކަށް ބޮޑެތި ހިތާމަތައް ކުރިމަތިކުރުވުން ބިރުވެރި ޓްރެންޑަކަށް ވަމުންދާތަން ފެންނަމުންދާ ކަމަށެވެ.

އެ މީހަކީ ސަރުކާރުގެ އިސް މީހަކަށް ވެގެން ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އިސް މީހަކަށް ވެގެން ނުވަތަ އެހެން ގޮތަކުން ސިޔާސީ މީހަކާއި ގުޅުމެއް އޮތަސް އެފަދަ މީހެއްގެ ނުވަތަ ބައެއްގެ އާއިލާތަކާއި ޅަދަރީންގެ ކަރާމާތަށް އަރައިގަތުމަކީ ދުވަހަކުވެސް ދިފާއުކޮށް ތަހަންމަލު ކުރެވޭނެ ކަންކަން ނޫން ކަމަށާ އެކަންކަން ދިފާއު ކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް ވެސް އަލައިކާ ވިދާޅުވި އެވެ.

"ސިޔާސީ ހިޔާލުތަފާތުވުން ކިތަންމެ ބޮޑަށް މައުސޫމް ކުދީންގެ ކަރާމާތް ނަގާލާ އިންޒާރު ދިނުން ފަދަ ކަންކަމަކީ ދިފާއު ކުރެވޭނެ ކަންކަމެއް ނޫން. މި ވިހަ ނުބައި އާދަ ނިމުމަކަށް ގެންނަން ޖެހޭ," އަލައިކާ ވިދާޅުވި އެވެ.

ކޮމެންޓް
އިއްބެ
ޙައްޤކީ ވަކިޢާއިލާއަކަށްއޮންނައެއްޗެއްނޫން ޢިއްޒަތާކަރާމާތަކީއިންސާނިއްޔަތަށްހަމަހަމައެއްޗެއް
18 Mar 2025
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.